މި އިއުލާނުގެ ދަށުން ހަތަރު ފަޅު ރަށެއް ތިން ކައުންސިލަކާ ހަވާލުކުރުމަށް، ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ފިނޭންސް މިނިސްޓްރީއާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
އިގްތިސޯދީ ނަފާ ހޯދުމަށް ކައުންސިލްތަކަށް އިހުތިސޯސުން ބޭރުން ފަޅު ރަށް ދޫކުރުމަށް ސަރުކާރުން ކޮށްފައިވާ އިއުލާނުގެ ދަށުން ތިން ކައުންސިލަކަށް ހަތަރު ފަޅު ރަށް ހަވާލުކޮށްފި އެވެ.
ފަޅު ރަށްތައް ދޫކުރަން ނިންމާފައި ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދުގެ ދަށުންނެވެ. މި ގަވާއިދުގެ ދަށުން 28 ފަޅުރަށެއް ދޫކުރަން މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އިއުލާނުކޮށްފައިވެ އެވެ.
މި އިއުލާނުގެ ދަށުން ހަތަރު ފަޅު ރަށެއް ތިން ކައުންސިލަކާ ހަވާލުކުރުމަށް، ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ފިނޭންސް މިނިސްޓްރީއާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
ދެ މިނިސްޓްރީގެ މެދުގައި އެއްބަސްވެފައި ވަނީ؛
މި އެއްބަސްވުންތަކުގައި މި ކައުންސިލްތަކުގެ ރައީސުން ވެސް ވަނީ ސޮއިކުރައްވާފަ އެވެ.
ރަށްތައް ދީފައިވާ ކައުންސިލްތަކަކީ މިކަމަށް ޝައުގުވެރިކަން ފާޅުކޮށް، ޕްރޮޕޯސަލް ހުށަހަޅާފައިވާ ކައުންސިލްތަކެވެ. މި ކައުންސިލްތައް ޕްރޮޕޯސަލް ހުށަހެޅި ކަމަށް މީގެ ކުރިން ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ވެސް ވިދާޅުވެފައިވެ އެވެ.
މިއީ ކައުންސިލްތަކަށް ލިބޭ ވަރަށް ރަގަޅު ފުރުސަތެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ މި ފުރުސަތުގެ ބޭނުން ރަގަޅު ގޮތުގައި ހިފަން ކައުންސިލްތަކަށް އިލްތިމާސް ކުރައްވާފަ އެވެ.