ރާއްޖެ އައި ޗައިނާ ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

އޭނާ ރާއްޖެ އައިފަހުން އާއިލާއަށް ހަބަރެއް ނުވެގެން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

ގެއްލިގެން ހޯދާ ޗައިނާގެ ފަތުރުވެރިޔާ

ރާއްޖެއަށް އައި ޗައިނާ ފަތުރުވެރިއަކި ގެއްލިގެން ހޯދަން ފަށައިފިއެވެ. 

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ އޮކްޓޯބަރު 13، 2024 ގައި ޓޫރިސްޓް ވިސާގައި ރާއްޖެ އައިސްފައިވާ ޗައިނާ ރައްޔިތެއްކަމަށްވާ ސޫ ޒިއޯނިން (30އ) އެވެ. އޭނާ ރާއްޖެ އައިފަހުން އާއިލާއަށް ހަބަރެއް ނުވެގެން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިމައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާއެކު އޭނާ ހޯދުމުގެ މަސައްކަތް، ކަމާގުޅޭ ހުރިހާ ބަހާތަކެއް އެކުވެގެން ވަނީ ފަށާފައެވެ. މިހާތަނަށް ހޯދުނު ހޯދުމުން އޭނާ މާލޭގައި ހުރި ގެސްޓް ހައުސް އިން މިދިޔަ އޮކްޓޯބަރު 24 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ޗެކްއައުޓް ވެފައިވާކަމާއި، އޭނާ ރާއްޖެއިން ފުރާފައިނުވާކަން އެނގިފައިވާކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ސޫ ޒިއޯނިންގ އާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގިފައިވާނަމަ ލަސްނުކޮށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅައި، މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.