"އަބަދުވެސް އިންޑިއާއިން ރާއްޖެއާއެކު ބާއްވާ ގުޅުމަށް އިހުތިރާމް ކުރާނަން"

"ދެފަރާތުގެ އިތުބާރާއި އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ އިންޑިއާއާއި އެކުގައިވާ އެކުވެރިކަމާއި އެއްބާރުލުމާއި ދެފަރާތުގެ އިހުސާސްތައް ދެނެގަތުމުގެ ބަދަހި ގުޅުންތަތަކީ ދިވެހިރާއްޖޭން އަބަދުވެސް އޭގެ އަގުވަޒަންކުރާނެ ގުޅުންތަކެއް."

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ --

އިންޑިއާގެ ޖުމްހޫރީދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، އެގައުމުގެ އިސް ވެރިންނަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފި އެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހާ ގުޅިގެން ރައީސް ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ އެ ގައުމުގެ ރައީސް ދުރުޕަތީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފަ އެވެ.

އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ ދެގައުމުގެ ދެމެދުގައިވާ ގާތް ގުޅުމަކީ ދިވެހިރާއްޖޭން އަބަދުވެސް އޭގެ އަގުވަޒަންކުރާނެ ގުޅުމެއް ކަމަށެވެ. ރައީސް ވިދާޅުވީ ދެ ގައުމުގެ މެދުގައި އޮތް ގުޅުމަކީ އިތުބާރާއި އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. 

އަދި، ދެގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރުމަށާއި، ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސްގެ އިތުރުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.