އީސީގެ މެންބަރު ކަމަށް ސޮލާހާއި ޒާހިދު އައްޔަނު ކޮށްފި

އީސީގެ މެންބަރުކަމުގެ ދެ ގޮނޑި ހުސްވީ ކޮމިޝަންގެ ނައިބް ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އީސީއަށް މިއަދު އައްޔަނު ކުރި އަބްދުއްރަހްމާން ސޮލާހު އަދި މުހައްމަދު ޒާހިދު މަގާމުގެ ހުވައި ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އިލެކްޝަން ކޮމިޝަންގެ މެންބަރުންގެ ހުސްވެފައިވާ ދެ ގޮނޑިއަށް އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި އަބްދުއްރަހްމާން ސޮލާހު ރަޝީދާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޒާހިދު މިއަދު އައްޔަނު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް މެންބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ހަވާލު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި ދެ ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ދައުރުން ބޭރުން މިމަހުގެ 16 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އީސީގެ މެންބަރުކަމުގެ ދެ ގޮނޑި ހުސްވީ ކޮމިޝަންގެ ނައިބް ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ދެބޭފުޅުން މަގާމުން އިސްތިއުފާ ދެއްވީ ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައި ވާތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދެ މެންބަރުން ވަކިކުރުމަށް ފާސްކޮށްފައި ވަނިކޮށެވެ.

އީސީއަށް އައްޔަން ކުރި ޒާހިދަކީ ކުރިން އެޗްއާރުސީއެމުން ވަކިކުރި ބޭފުޅެކެވެ. އޭނާ އެ މަގާމުން ވަކިކޮށްފައި ވަނީ ކުރީގެ މަޖިލީހުގައި އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކޮށްގެންނެވެ.

ކޮމިޝަނަށް އައްޔަނު ކުރި ސޮލާހު އެންމެ ފަހުން ހުންނެވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕީއެސްއަކަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.