ރާއްޖޭން އިންޑިއާ އަށް ދިޔަ ބޯޓެއްގެ ފާހާނާގައި ގިނަ އަދަދެއްގެ ރަން

މި މައްސަލާގައި އިންޑިއާ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަތުގައި ގަތް ރަނުގެ އަގު ހަތަރު މިލިއަން ރުފިޔާއަށް އަރަ އެވ.

ބޭރު ގައުމަކަށް އެތެރެ ކުރަން އުޅެނިކޮށް އަތުގައިގަތް ރަން ތަކެއް

ރާއްޖޭން އިންޑިއާއަށް ދިޔަ ބޯޓެއްގެ ތެރޭން ހަތަރު މިލިއަން ދިވެހި ރުފިޔާގެ ރަން ބްލޮކްތަކެއް ހޯދައި އެ ސްމަގްލް ކުރަން އުޅުނު މީހާ ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުުގައިވާ ގޮތުން މިދިޔަ ހަފުތާގައި ރާއްޖޭން އިންޑިއާއަށް ދިޔަ ފްލައިޓެއްގެ ފާހާނާ ތެރޭގައި ގިނަ އަދަދެއްގެ ރަން ފޮރުވާފައި ހުރިކަން އެނގުނީ އެ ގައުމުގެ އެއާ އިންޓެލިޖެންޓް ޔުނިޓް (އޭއައިއޭ) އަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. ނަމަވެސް މި ރަން އިންޑިއާ އަށް ވަގަށް އެތެރެ ކުރަން ބަހައްޓާފައި ހުރީ ކޮން އެއާލައިނެއް ކަމެއް ނުބުނެ އެވެ. ނަމަވެސް "މިރާ" އަށް އެނގިފައިވާ ގޮތުން ރަން ސްމަގްލް ކުރަން އުޅުނީ އިންޑިގޯ އެއާލައިންގެ ބޯޓަކުންނެވެ. 

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ 24 އަހަރުގެ ފިރިހެއް ކަމަށްވާ އިނާމުލް ހަސަން އެވެ. އޭނާ ވަނީ އެއާޕޯޓު ތެރޭގައި އުޅެނިކޮށް ހިފައްޓާފައިވާއިރު މި ރަން ބޯޓުން ބާލަން އެއާޕޯޓުގެ ބޭރު ކުރުމުގައި އިންޑިއާގެ އެއާޕޯޓުގެ ސްޓާފުންގެ ބައިވެރިވުމެއް އޮންނާނެ ކަމަށް ބެލެވޭ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައިވެ އެވެ. 

ރަން ތަކެއް އިންޑިއާ އަށް ވަގަށް އެތެރެ ކުރަން މަސައްކަތްކުރަނިކޮށް ފަޅާއަރާފައިވާއިރު މި ރަންތައް ވީއައިއޭ އިން ބޯޓަށް އެރުވި އެއްޗެއް ކަމެއް ނުވަތަ މިއީ އެހެން ގައުމެއްގައި ޓްރާންސިޓް ވެފައި އައި ބޯޓެއް ކަމަށް ނޭނގެ އެވެ. 

ރާއްޖެއަށް ވަގަށ ރަން އެތެރެ ކުރަން އުޅެނިކޮށް ވެސް މީގެ ކުރިން އިންޑިއާގެ މީހުން ހިފައްޓާފައިވެ އެވެ. މިގޮތުން މިދިޔަ އަހަރު 43 އަހަރުގެ މީހަކު 361 ގްރާމުގެ ރަނާއެކު އަތުލައިގެންފައިވެ އެވެ. 

އިންޑިއާއަކީ ދުނިޔޭގެ އާބާދީގެ ނިސްބަތުން ގޭބިސީތަކުގައި އެންމެ ގިނައިން ރަށް ރައްކާކޮށްފައިވާ ގައުމެވެ. އެ ގައުމުގެ ގޭބިސީތަކުގައި 25,000 މެޓްރިކް ޓަނުގެ ރަން ރައްކާކޮށްގެން ގެންގުޅޭ ކަމަށްވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.