އޭސީސީގެ ތަހުގީގުތައް އަވަސް ކުރުމަށް ޕީޖީގެ އަމުރެއް

އެހެންވެ، ޕީޖީއަށް ލިބިދޭ ބާރުގެ ދަށުން، ޖިނާއީ މައްސަލަތައް އެ އޮފީހަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް އެކުލަވާލައި، އެ އިރުޝާދަށް މިއަދުން ފެށިގެން އަމަލު ކުރުމަށް އަމުރު ކުރައްވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް --

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ޖިނާއީ ތަހުގީގުތައް އަވަސް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އަމުރުކުރައްވައިފި އެވެ.

ޕީޖީ އޮފީހުން ބުނީ އޭސީސީގެ ތަހުގީގުތައް އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ނުދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަން ޕީޖީ އައްބާސް ބެއްލެވިއިރު، ދިވެހި ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގެ ތަހުގީގު ހިމެނޭހެން، އޭސީސީން ހިންގާ ޖިނާއީ ތަހުގީގުތައް ލަސްވެ، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް އުނިކަން އަންނަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

އެހެންވެ، ޕީޖީއަށް ލިބިދޭ ބާރުގެ ދަށުން، ޖިނާއީ މައްސަލަތައް އެ އޮފީހަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް އެކުލަވާލައި، އެ އިރުޝާދަށް މިއަދުން ފެށިގެން އަމަލު ކުރުމަށް އަމުރު ކުރައްވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ޕީޖީގެ އަމުރުގައި، އެމްއެމްޕީއާރްސީ މައްސަލައާއި، ކޮވިޑް-19 ގައި ދައުލަތުގެ މުދަލާ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލައާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތައް ފަދަ ދައުލަތުގެ މާލިއްޔަތާއި އާންމު ފަރުދުންގެ މަސްލަހަތާ ގުޅުންހުރި ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތަހުގީގު، ހާއްސަ ސަމާލުކަމެއްދީގެން އަވަހަށް ހިންގައި، ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް އެ އޮފީހަށް ހުށަހެޅުމަށް އަމުރުކުރައްވާފައިވެ އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، އެ އިރުޝާދުގެ ބޭނުމަކީ، މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމުގެ އިތުރުން، ތަހުގީގުތަކުގެ މަރުހަލާތައް ކުރިއަށްގެންދާނެ ސިސްޓަމިކް ގޮތްތަކެއް ކަނޑައެޅުމާއި، ޖިނާއީ މައްސަލަތައް ބަލާ އެކިއެކި އިދާރާތަކުން ހިންގާ ތަހުގީގުތަކުގެ ޔުނީފޯމިޓީ ކަށަވަރުކުރުމެވެ.

ކޮމެންޓް

1
450
މަހޭބެ
2 months ago

ޕީޖީ އަކަށް ވީމާވެސް ވެއިޓަރުކަން ދޫކޮށްނުލަނީތަ؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.