އާ އަހަރު 14 ދުވަހުގެ ސަރުކާރުގެ ހަރަދު މިދިޔަ އަހަރަށްވުރެ ދަށް

ދެ ހަފުތާގައި ދައުލަތުގެ ބަޖެޓުގެ ޖުމްލަ ހަރަދު ހުރީ 430.5 މިިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު 1.1 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ -- ރައީސް އޮފީސް

މި އަހަރުގެ ބަޖެޓުން މިދިޔަ ދެ ހަފުތާގައި ސަރުކާރުން ކުރި ހަރަދު މިދިޔަ އަހަރަށްވުރެ ދަށް ކަމަށް ދައްކައިފި އެވެ. 

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއް ފަހަރު ނެރޭ ފީކްލީ ފިސްކަލް ޑިވްލޮލްޕްމަންޓް (ޑަބްލިއުއެފްޑީ) ދައްކާ ގޮތުގައި މިމަހުގެ ފުރަތަމަ ދެ ހަފުތާގައި ދައުލަތުގެ ބަޖެޓުން ވަނީ 261.4 މިލިއަން ރުފިޔާގެ ހަރަދުކޮށްފަ އެވެ. މި އަހަރުގެ ބަޖެޓުން ދެ ހަފުތާގައި ކުރި ހަރަދު ހުރިހާ ބައިތަކެއް އެއްކޮށް ބަލަނަމަ 430.5 މިލިއަން ރުފިޔާއަށް އަރަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ،މި މުއްދަތުގއި ހަރަދު ހުރީ 1.1 މިލިއަން ރުފިޔާގަ އެވެ.


ހަރަދުގެ މައިގަނޑު ބައިތައް

  • ޖުމްލަ ރިކަރަންޓް ހަރަދު މި އަހަރު - 261.0 މިލިއަން | މިދިޔަ އަހަރު 651.6 މިލިއަން
  • މުސަރަ އަށް މި އަހަރު - 4.4 މިލިއަން | މިދިޔަ އަހަރު 6.1 މިލިއަން
  • ހިންގުމަށް މި އަހަރު - 256.6 މިލިއަން | މދިޔަ އަހަރު 256.6 މިލިއަން

އާސަންދައިގެ ހަރަދު ދަށް

އާސަންދަ އޮފީސް : އާސަންދަ ހަރަދު ކުޑަކުރަން ޖެހޭ

ބަޖެޓުގެ ހަރަދުގެ ބައިން އެންމެ ބޮޑު ހޭދައެއް އެއް ކަމަށް ކޮށްފައިވަނީ ލޯނުތަކުގެ ފައިނޭންސް އާއި އިންޓްރެސްޓް ދެއްކުމަށެވެ. މި ބަޔަކަށް މި އަހަރު 5.5 ބިލިއަން ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު މިހާތަނަށް 103.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ނަމަވެސް މި އަދަދަކީ މިދިޔަ އަހަރު ކުރި 286.8 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. 

ހަރަދުގެ ބައިގެ ތެރޭން އާސަންދަ އަށް ކުރި ހަރަދާއި ސަބްސިޑީގެ ހޭދަ ވެސް ދަށްވެފައިވާ ކަމަށް ދައްކަ އެވެ. މި އަހަރުގެ މިހާތަނަށް އާސަންދައަށް 31.3 މިލިއަން ހަރަދު ކުރިއިރު މިދިޔަ އަހަރުގެ މިބައިގެ ހަރަދު ހުރީ 19 މިލިއަން ރުފިޔާގަ އެވެ. އަދި ސަބްސިޑީގެ ހަރަދު މިދިޔަ އަހަރު 49.7 މިލިއަން ރުފިޔާގައި ހުރިއިރު މި އަހަރުގެ ދެ ހަފުތާގައި ސަބްސިޑީދޭން 24.7 މިލިއަން ރުފިޔާގެ ހޭދައެއްކޮށްފައިވެ އެވެ. 

ދެ ހަފުތާގެ ބޮޑު ހަރަދު ހަޔާ އެޑިއުކޭޝަން

ދައުލަތުގެ ބަޖެޓުން މި އަހަރުގެ ފުރަތަމަ ދެ ހަފުތާގައި ލޯނު ދައްކަން 122.0 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ 310.4 މިލިއަން ރުފިޔާގަ އެވެ. މި އަހަރުގެ ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ސޮވްރިން ޑިވްލޮޕްމަންޓް ފަންޑަށް 17.8 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖަމާހުރީ 30.3 މިލިއަން ރުފިޔާގަ އެވެ. 

ބަޖެޓުން އެއް އޮފީހަކަށް މިދިޔަ ދެ ހަފުތާގެ ތެރޭގައި އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ދެ ހަފުތާތެރޭގައި 64.5 މިލިއަން ހަރަދުކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މިނިސްޓްރީގެ ހަރަދު މި މުއްދަތުގައި ހުރީ 54.5 މިލިއަން ރުފިޔާގަ އެވެ. އަދި އެންސްޕާ އިން މި މުއްދަތުގައި 52.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިދިޔަ އަހަރުގެ އެންސްޕާގެ ހަރަދު މި މުއްދަތުގައި ހުރީ 21.5 މިލިއަން ރުފިޔާގަ އެވެ. 

މި އަހަރުގެ ބަޖެޓް - މި އަހަރަށް ފާސްކޮށްފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވެ އެވެ. އެއީ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 2.5 ބިލިއަން ރުފިޔާއާއި، އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 37.2 ބިލިއަން ރުފިޔާ އެވެ. ޖުމްލަ އާމްދަނީީއާއި ހިލޭ އެހީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރާއިރު ދައުލަތުގެ ހަރަދުތަކަށް ހިނގާނެކަމަށް ލަފާކުރަނީ 49.2 ބިލިއަން ރުފިޔާ އެވެ. އެއިން 35.8 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ހަރަދުތަކެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައިވެ އެވެ. އެއިން 12.4 ބިލިއަން ރުފިޔާއަކީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ހިނގާނެކަމަށް ބެލެވޭ ހަރަދެވެ. މި ބަޖެޓުގެ ޖުމްލަ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ އެވެ. އަދި ދަރަނި އަދާކުރުމުގެ ހަރަދުތައް ނުހިމަނައި އާމްދަނީއާއި ހަރަދުގެ ފަރަގު ނުވަތަ ޕްރައިމަރީ ޑެފިސިޓުގެ ގޮތުގައި ލަފާކޮށްފައިވަނީ 3.9 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.