މި މައްސަލައިގެ ތަހުގީގު ނިންމައިލުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. ދައުވާ ކުރަން އެދިފައި ވަނީ އެ ކުންފުނީގެ ވެރިޔާ، މ. ހަވީރީފިނި، އަލީ ފާރިޝްގެ މައްޗަށެވެ.
އަލް-މަޝްއަރު ޕްރައިވެޓް ލިމިޓެޑުން ބަޔަކު އުމްރާއަށް ގެންދާނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު އެ މީހުން އުމްރާއަށް ނުގެންދިޔަ މައްސަލައިގައި ދައުވާ ކުރަން ފޮނުވައިފި އެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ އަހަރު އުމުރާ އަށް މީހުން ގެންދާނެކަމަށް ބުނެ އަލްމަޝްއަރް ގުރޫޕުން 27 މީހުންގެ އަތުން 500000 އަށް ވުރެ ގިނަ ރުފިޔާ ނަގައި، މަކަރާއި ހީލަތްހަދައި ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައިލުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. ދައުވާ ކުރަން އެދިފައި ވަނީ އެ ކުންފުނީގެ ވެރިޔާ، މ. ހަވީރީފިނި، އަލީ ފާރިޝްގެ މައްޗަށެވެ.
މީގެ އިތުރުން އަލްމަޝްއަރު ޕްރައިވެޓް ލިމިޓެޑާއި ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި ހާފްޓޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވެސް ދައުވާކޮށް ދިނުމަށް އެދިފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
އެ ގުރޫޕުން މިދިޔަ އަހަރުގެ މާޗު މަހު އުމްރާއަށް ގެންދިޔަ ބަޔަކު ރާއްޖެ ނާދެވިގެން އުޅުނު މައްސަލައެއް ވެސް މިދިޔަ އަހަރު ވަނީ ފެންމަތިވެފަ އެވެ. އޭގެ ކުރީން ވެސް ވަރަށް ބޮޑެތި މައްސަލަތަކެެއް ދިމާވެފައި އޮތް މަޝްއަރު ގުރޫޕުން އެ ފަހަރު 54 މީހުން އުމްރާއަށް ގެންދިޔަ އެވެ. އެ މީހުން ގެންދިޔައީ ޔޫއެލް ފްލައިޓެއް ގައެވެ. އެމީހުން މައްކާގައި ތާށިވީ ފްލައިޓަށް ފައިސާ ދައްކަން އެ ޖަމާއަތުން ދިން ހަތަރު ޗެކް ބައުންސްވުމާ ގުޅިގެންނެވެ.
ދީނީގޮތުން ހަރުކަށި ފިކުރުގެ ބަޔަކު އިސްވެ ތިބި ހިންގާ ކަމަށް ބުނާ އެ ޖަމާއަތުން މީގެ ކުރީން ވަނީ އެމެރޭޓް އާއި އޮމާން އަދި ސައުދިއްޔާއަށް ވެސް މިގޮތަށް ލަނޑުދީފައެވެ. އެއިން އެއްވެސް އެެއާލައިނަކުން އެ ޖަމާއަތުގެ މީހުން މިހާރު ނުއުފުލަ އެވެ. އެ ގުރޫޕް ސަސްޕެންޑް ކޮށް އޭރުވެސް މައްސަލަވެސް ބެލި އެވެ.