އަނިޔާ ލިބިފައި އޮތް މީހަކު ހޮސްޕިޓަލަށް، ވީގޮތެއް ނުބުނި

އައިޖީއެމްއެޗުން މައުލޫމާތު ދިން ގޮތުގައި އެމީހާއަށް ފަރުވާ ދިނުމަށްފަހު ރޭ ފަތިހު ވަނީ ދޫކޮށްލާފަ އެވެ. އަނިޔާ ލިބުނީ 27 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ދިވެހި ފުލުހުންގެ އިދާރާ -- ދަ މިރާ

އަނިޔާތަކެއް ލިބިފައިވާ މީހަކު ރޭ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓް ލިބިފައި ވަނީ ރޭ 11:40 ހާއިރު ކަމަށެވެ. މި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހާ ޒަހަމްވާން މެދުވެރިވި ސަބަބަކީ ނުވަތަ ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި މައުލޫމާތު ފުލުހުންގެ މީޑިއާ ގުރޫޕުގައި ހިއްސާކޮށްފައި ވަނީ ރޭ ހިންގި މާރާމާރީއަކާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. ނަމަވެސް މާރާމާރީއާ ގުޅޭ އެއްވެސް ވާހަކައެއް ފުލުހުންގެ ކޮމެންޓަކު ނެތެވެ.

މައުލޫމާތު ލިބޭ ގޮތުގައި މީހާއަށް އަނިޔާ ލިބުނީ މާލޭގައި އުޅޭ ވާދަވެރި ދެ ގޭންގެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ ތެރެއިންނެވެ.

އައިޖީއެމްއެޗުން މައުލޫމާތު ދިން ގޮތުގައި އެމީހާއަށް ފަރުވާ ދިނުމަށްފަހު ރޭ ފަތިހު ވަނީ ދޫކޮށްލާފަ އެވެ. އަނިޔާ ލިބުނީ 27 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.