މިފަދަ ދެ ތަނެއް ޓާސްކްފޯހުން އިއްޔެ ބަލައިފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މި ދެ ތަނުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ނެތްކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އިމިގްރޭޝަނުން ބަލައިފާސްކުރި ތަންތަނުގައި މިހާރު ބިދޭސީން އުޅެނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަނަކީ ޓާސްކުފޯހުން މިދިޔަ އަހަރު ބަލައި ފާސްކުރި ތަންތަނުގައި މިހާރު ބިދޭސީން އުޅެމުންދަނީ ސައްހަ ވިސާއަކާއެކު، ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
މިފަދަ ދެ ތަނެއް ޓާސްކްފޯހުން އިއްޔެ ބަލައިފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މި ދެ ތަނުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ނެތްކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އިމިގްރޭޝަނުން މިހާރު ވެސް ދަނީ ގަވާއިދާ ހިލާފަށް ބިދޭސީން އުޅޭ ތަންތަނާއި، އާންމުކޮށް ބިދޭސީން ޖަމާވާ އެކި ސަރަހައްދުތައް ބަލައިފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކުރަމުންނެވެ. އަދި އެމީހުން ޑީޕޯޓް ކުރަމުންނެވެ.
ދާދި ފަހުން ބިދޭސީން ވަރަށް ގިނައިން ޖަމާވާ ހީމާނާގެ ޕާކިން ސަރަހައްދުން ވެސް ބަޔަކު އަތުލައިގެންފައިވެ އެވެ. އަދި ބިދޭސީން ހިސޯރުކޮށްގެން އުޅޭ ލޯކަލް މާރުކޭޓު ސަަރަހައްދު ވެސް ރެއިޑްކޮށްފައިވެ އެވެ.