އަންނަ މަހު ފައިނުގައި އެއާޕޯޓު އަޅަން ހަވާލުކުރަނީ

"އަޅުގަނޑު މިއަދު ތިބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ އެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން އެމްޓީސީސީއާ އެކީގަ، މިއަންނަ މަހު، ފެބްރުއަރީ މަސް ތެރޭގައި އެގްރިމެންޓް ކުރުމަށް މިހާރު ނިންމާފަވާ ވާހަކަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުގެ އިސްވެރިން ފައިނު ކައުންސިލާއެކު --

ރ. ފައިނުގައި އަޅައިދިނުމަށް ވައުދުވެވަޑައިގެންފައިވާ އެއާޕޯޓްގެ މަސައްކަތް އަންނަ މަހު އެމްޓީސީސީއާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފައިނުގައި އެއާޕޯޓެއް އަޅައިދިނުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. މިއަދު އެރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެންމެ ފުރަތަމަ ވެސް ރައީސް ނަންގެންނެވީ އެ އެއާޕޯޓުގެ މަސައްކަތެވެ.

"އަޅުގަނޑު މިއަދު ތިބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ އެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން އެމްޓީސީސީއާ އެކީގަ، މިއަންނަ މަހު، ފެބްރުއަރީ މަސް ތެރޭގައި އެގްރިމެންޓް ކުރުމަށް މިހާރު ނިންމާފަވާ ވާހަކަ،" ރައީސް ވިދާޅުވި އެވެ.

އެމްޓީސީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއާޕޯޓް އަޅާނީ އެ ސަރައްދުގައި ގާއިމްކޮށްފައިވާ ފެނާ ނަރުދަމާގެ ހިދުމަތް ދިނުމަށް އަޅާފައިވާ ބައެއް ތަންތަނަށް ބަދަލު ގެނެސްގެންކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން އެރަށުގައި ފެނާ ނަރުދަމާގެ މަސައްކަތް ފަށާފައި ވަނީ އެއާޕޯޓް އަޅަން ނިންމާފައިވާ ސަރަހައްދާވާ ގޮތަށް، އެކަމަށް ހުރަސް އެޅޭ ގޮތަށް ކަމަށެވެ. 

"ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެ ކުޑަ ހަރަދެއްކޮށްގެން ކުރެވޭނެ ގޮތަށް އެއާޕޯޓް އެޅުމަށް ބޭނުންވާ ޖާގަ ހުސްކޮށް، ފެނާ ނަރުދަމާ [ގެ ހިދުމަތް] ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަށް ތަރުތީބު ކޮށްގެން، އެތަންތަން ބަދަލުކޮށްގެން ވަރަށް ރަގަޅަށް، އޮމާންކޮށް މަސައްކަތްތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވި އެވެ.

ފައިނުން މިއަދު ރައީސަށް މަރުހަބާ ދަންނަވަނީ --

ރައީސް ވިދާޅުވީ ފައިނުގައި އަޅާ އެއާޕޯޓުގެ ސަބަބުން މުޅި އަތޮޅަށް ވެސް އިގްތިސޯދީ ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ. މިއީ އަތޮޅުގެ ޓޫރިޒަމަށް ވެސް ވަރަށް އުންމީދީ އެއާޕޯޓެއް ކަމަށާއި، އެ އަތޮޅުގައި ގިނަ ރިސޯޓުތަކެއް ހަދަން ފުރުސަތު ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާކަން ވެސް ފާހަގަކުރެއްވި އެވެ. އަދި، އެއާޕޯޓުގެ ސަބަބުން ގިނަ ވަޒީފާގެ ފުރުސަތުތަކެއް ފަހިވެގެން ދާނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ މުޅި ޓޫރިޒަމް އިންޑަސްޓްރީއަށް، މިއަތޮޅުގެ ޓޫރިޒަމަށް އިތުރު ކުރިއެރުންތަކެއް އައިސް، އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަކަށް ވާނެ. އިގްތިސޯދީ ގޮތުން ކުރެވޭ އިންވެސްޓްމެންޓަކަށް ވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ އެއާޕޯޓުގެ މަސައްކަތް ވެގެންދާނީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ މަޝްރޫއެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.