މޯލްޑިވިއަން އިން ވަނީ ފުރަތަމަ ދަތުރަށްފަހު ރާއްޖެއަށް ކޮންމެ މީހަކަށް ހަނދާނީ ހަދިޔާއެއް ދީފަ އެވެ.
ގައުމީ އެއާލައިން މިއަދު ޗައިނާއިން އައި ޓޫރިސްޓުން ޕާސްޕޯޓް ކްލިއަރެންސް ނިމިގެން ޓޫރިސްޓުން ތިބީ އެ މީހެއްގެ ލަގޭޖު ބަލާގޮސް ބެލްޓް ކައިރީ މަޑުކޮށްލައިގެންނެވެ. މިހެން ތިއްބައި އެމީހުންނަށް ހައިރާންކަމެއް ލިބިގެން ބެލްޓުން އަންނަ ކޮންމެ ލަގޭޖަކާއެކު ކުޑަ ރަތް ފޮއްޓެއް އަންނާތީ އެވެ. އެމީހުންނަށް ލިބުނީ ހައިރާން ކަމެވެ.
މޯލްޑިވިންގެ ބޮޑު ބޯޓުން ޗައިނާއިން މިއަދު ރާއްޖެ އައި މީހުންނަށް ލިބިގެން ގޮސްފައިވަނީ މޯލްޑިވިއަންއިން ދިން ހަނދާނީ ހަދިޔާ އެވެ. މި ހަދިޔާގައި ހުރީ ދިވެހިންގެ އުފެއްދުންތަކެވެ. މި ހަދިޔާ ފޮށީގެ ތެރޭގައި ދިވެހި ދެ ޒުވާނުން އުފައްދާ ތައްޔާރުކުރާ ސަން ލޯޝަން ބްރޭންޑް "މުލަ" އިގެ ސަން ލޯޝަން ފުޅިއެއް އޮތެވެ. އަދި ކޮންމެ ފޮއްޓެއްގެ ތެރޭގައި ދިވެހި ސަގާފީ ހެދުމުގެ އެއްބައި ކަމަށްވާ ފޭއްޔެއްވެސް އޮތެވެ.
ގައުމީ އެއާލައިން އަށް ގެނައި ވައިޑް ބޮޑީ އެއާބަސް 330 ގެ ބޯޓުގައި އިއްޔެ ހެނދު ވަނީ ފުރަތަމަ ފަހަރަށް ޗައިނާގެ ޗެންގްޑޫ އަށް ދަތުރު ފަށާފަ އެވެ. މިއީ ގައުމީ އެއާލައިން ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އިންޑިއާގެ މަންޒިލްތަކަށް ނޫން އެހެން ދިމާލަކަށް ޝެޑިއުލް ފެށި ފުރަތަމަ ފަހަރެވެ. އަދި މިއީ ޗައިނާއަށް ކުރިން އުދުހުނު ނެރޯބޮޑީ މަތިންދާ ބޯޓު މިދިޔަ ސަރުކާރުން ފޮނުވާލުމާއެކު ދަތުރުތައް މެދުކެނޑުމަށްފަހު އުދުހެން ފެށުމެވެ. ގައުމީ އެއާލައިންއިން ވަނީ ޝެންހާއީ އާއި ބީޖިން އަށް ދަތުރު ފަށަންވެސް ނިންމާފަ އެވެ. އަަދި އެ ކުންފުނިން އޮކްޓޫބަރު މަހު އިތުރު އެއާބަސް ބޯޓެއް ގެންނާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ވައިޑް ބޮޑީ އެއާބަސް 330ގެ ދަތުރުތައް ފަށަން ބޭއްވި ރަސްމިއްޔާތުގަ އެވެ.