އެ ފަތުރުވެރިޔާއަށް ޖިންސީ ގޯނާ ކުރީ ފަތުރުވެރީންނަށް ހާއްސަ ބީޗު ސަރަހައްދުގައި އިންދަ އެވެ.
މި ހާދިސާ ހިނގީ މިއަދު މެންދުރު ފަހު އެވެ.
ފުލުހުން ބުނީ މިއަދު މެންދުރު ފަހު 2:45 ހާއިރު ނޮޅިވަރަންފަރުގައި ފަތުރުވެރިއަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ ފަތުރުވެރިޔާއަށް ޖިންސީ ގޯނާ ކުރީ ފަތުރުވެރީންނަށް ހާއްސަ ބީޗު ސަރަހައްދުގައި އިންދަ އެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން 30 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.
މި މައްސަލައިގެ ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.