އެމެރިކާގެ ރައީސުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި މަހާރެހެންދި ތުރުކުރައްވާ ހެދުން ވެގެންދަނީ އެމެރިކާގެ ފެޝަނަކަށެވެ.
އެމެރިކާގެ ރައީސުން ރަސްމިއްޔާތުގައި އެންމެންގެ "ހިތް ދަމައިގަންނަ" މަންޒަރަަށް އަބަދު ވެސް ވެފައި އޮންނަނީ އެ ރަސްމިއްޔާތަށް ގޮސް ހުންނަ ފަސްޓް ލޭޑީ ނުވަތަ މަހާރެހެންދީގެ ފަރި ކަމެވެ. އެކަމަނާ ހުތުކުރައްވައިގެން ހުންނަ ހެދުން ވަނީ ދުނިޔޭގެ އެތައް ބައެއްގެ އިތުރުން މުޅި އެމެރިކާ ސަމާލުކަން ހުސްވާ މަންޒަރަކަށެވެ. އެމެރިކާގެ ރައީސުން ހުވާ ކުރުމާއި ކެމްޕޭން ރެލީތަކާ ހިސާބުން ފެށިގެން ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއަށް ވަންނަންވާއިރަށް ފަސްޓް ލޭޑީއަކީ ކާކުން ދުނިޔެއަށް ދައްކުވައިދޭން އެންމެ އިސް ދައުރެއް ކުޅެނީ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި މަހާރެހެންދި ތުރުކުރައްވާ ހެދުމެވެ.
މި ރަސްމިއްޔާތުގެ ހައިބަރު ބޮޑުކަމުން ހުވާކުރުމުގެ ހަފުލާއަށް ހެދުން ފަހާ ބައެއް ފަރުމާ ކުރުންތެރިން ވެފައިވަނީ އެމެރިކާގައި ބޮޑު އާމްދަނީއެއް ލިބޭ މަޝްހޫރު ބަޔަކަށެވެ. މިގޮތުން އެންމެ މަޝްހޫރު މޫނަކީ ލަގްޒަރީ ފެޝަން ޑިޒައިނަރު ރާލްފް ލޯރެން އެވެ. އޭނާއަކީ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް ލިބުނު ފުރަތަމަ ހެދުން ފަރުމާ ކުރުން ތެރިޔާ އެވެ. މި ފެޝަން ޑިޒައިނަރު ވަނީ ރޭ އެމެރިކާގެ 47 ވަނަ ރައީސްގެ ޓްރަމްޕު ހުވާ ކުރުމުގެ ރަސްމިއްޔާތަށް އަނބިކަބަލުން މެލީނިއާ ޓްރަމްޕު ވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވި ހެދުން ފަރުމާކޮށްފަ އެވެ. މެލީނިއާގެ ހެދުން ފެހި ރާލްފް ލޯރެން ވަނީ 1889 ވަނަ އެމެރިކާގެ 23 ވަނަ ރައީސް ބެންޖަމިން ހެރިސަންގެ އަނބިކަނބަލުން ކެރޮލައިން ހެރިސަންގެ ހެދުން ވެސް ފަހާފަ އެވެ. އެހެންވެ އޭނާވެފައިވަނި އެމެރިކާގައި މިވަގުތު ހުރި އެންމެ މަޝްހޫރު އެއް ފެޝަން ސަހުސިއްޔަތަށެވެ.
އެމެރިކާގެ 47 ވަނަ މަހާރެހެން ދި ރޭ ތުރުކުރައްވައިގެން ހުންނެނީ ސިލްކް ވޫލް އޭޑަމް ލިޕްސް ކޯޓާއި ސްކާޓަކީ މި ފަރުމާ ކުރުންތެރިޔާގެ ކުންފުނީގެ މަސައްކަތެވެ. މިފަހަރު މެލީނިއާ ތުރުކުރައްވައިގެން ހުންނެވި ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން ގެއްލުނީ އެކަމަނާ ތުކުރައްވައިގެން ހުންނެވި ފޮތީގެ ސަބަބުންވެ. މި ފޮތީގެ ވާހަކަ މިހާރު ފެޝަން މަޖައްލާތަކުގެ ފަަލަ ސުރުހީގައި އުޅެނީ ޓްރަމްޕް ބޮސް ދޭން ހުރަސްއެޅި ފޮތީގެ ގޮތުގަ އެވެ.
މެލީނިއާ ތުރުކުރައްވައިގެން ހުންނެވި ހެދުމުގެ ވާހަކަ ދައްކާއިރު މީގެ ކުރިން އެމެރިކާގައި ކުރިން ވެރިކަން ކުރެއްވި ރައީސުގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވެސް މަހާރެހެންދިންގެ ފެޝަން ވަރަށް ބޮޑަށް ފެނިފައިވާ ކަމަށް ބުނެވިދާނެ އެވެ. އެމެރިކާގެ 34 ވަނަ ރައީސް ޑްވައިޓް ޑީ. އައިސަންހަވާ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި މަހާރެހެންދި މެމީ އައިސަންހަވާ 1953 ވަނަ އަހަރު ތުރުކުރައްވައިގެން ހުންނެވި ހެދުމަކީ ވެސް މަޝްހޫރު ވެގެން ދިޔަ ހެދުމެވެ. އަދި އަވަހާރަކޮށްލި އެމެރިކާގެ ރައީސް ޖޯން އޮފް ކެނެޑީގެ އަނބިކަނބަލުން ޖެކްލީން ކެނެޑީ އޮނާސިސް ތުރުކުރައްވައިގެން ހުންނެވި އެނޯގްރޭޝަން ޑްރެސް ވެސް ވެގެން ގޮސްފައިވަނީ އެ ދުވަސްވަރު މަޝްހޫރު ހެދުމަށެވެ.
"ލޭޑީބާޑް" ގެ ނަމުން އެމެރިކާގައި މަޝްހޫރުވި މަހާރެހެންދި ލޭޑީ ބާޑް ޖޯންސަން ތުރުކުރެއްވި ހެދުންވެސް މަޝްހޫރެވެ. މީގެ ފަހުގެ ތާރީހަކަށްދާނަމަ އެމެރިކާގެ ކުރީގެ ރައީސް ޖިމީކާޓަރުގެ އަނބިކަނބަލުން އެމެރިކާގެ މަހާރެހެންދި ރޮޒޭލިން ކާޓާގެ 1981 ވަނަ އަހަރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ތުރުކުރައްވައިގެން ހުންނެވި ހެދުންވެސްވީ އެ ދުވަސްވަރުގެ ފެޝަނަކެވެ. މީގެ އިތުރުން އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ ހުވާ ކުރުމުގެ ރަސްމިއްޔާތާއި ހުވާ ކުރެއްވުމަށްފަހު އެމެރިކާގެ މަގުތަކުގައި ހިންގެވި ހިންގެވުމުގައި ތުރު ކުރައްވައިގެން ހުންނެވި ހެދުންކޮޅުވެސް އެ ދުވަސްވަރު މަޝްހޫރު ފެޝަނަކަށް ވެގެން ދިޔަ އެވެ.
މެލީނިއާ އެއް ނޫން. މެލާނިއާ!