ތިން ދުވަހުގެ މުއްދަތަކަށް ރައީސް ކުރައްވާ މިދަތުރުފުޅުގެ ތެރެއިން ރ. އަތޮޅުގެ 11 ރަށަކަށް ވަޑައިގަންނަވާނެ އެވެ. އެއީ އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ، އަދި އުނގޫފާރަށެވެ.
ތިން ދުވަހުގެ މުއްދަތަކަށް ރައީސް ކުރައްވާ މިދަތުރުފުޅުގެ ތެރެއިން ރ. އަތޮޅުގެ 11 ރަށަކަށް ވަޑައިގަންނަވާނެ އެވެ. އެއީ އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ، އަދި އުނގޫފާރަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި މި ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
އަދި ރަށްރަށުގެ ތަރައްގީއަށް ކުރިއަށް ގެންދާ މަޝްރޫއުތައް ފައްޓަވައިދެއްވުމާއި، ގާއިމްކޮށް ނިމިފައިވާ މަޝްރޫއުތައް އިފްތިތާހުކޮށްދެއްވުމަށް ވަނީ މި ދަތުރުފުޅުގެ ތެރެއިން ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްދިނުމަށް ރައީސް ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅު ފުއްދެވުމަށް، އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކައުންސިލްތަކާ ހަވާލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން އަލަށް އިމާރަތް ކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާތަކުގެ ބިންގާ އަޅުއްވައިދެއްވުމާއި، އައިޑީކާޑު އަދި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފައްޓަވައިދެއްވުން ވެސް މި ދަތުރުފުޅުގެ ތެރެއިން ވަނީ ހަމަޖެހިފަ އެވެ.
ރައީސް ރ. އަތޮޅަށް ކުރައްވާ މިދަތުފުޅަކީ ސިލްސިލާކޮށް އެކި އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. އެމަނިކުފާނު ވަނީ މިމަހު ކުރީކޮޅު ހުވަދޫ އަތޮޅަށް ވެސް ވަޑައިގެންފަ އެވެ.