ސައުދީން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުދުރުފަހު 13:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަދުރުބެހުން ކުރިއަށްދާނެ ކަމަށެވެ.

ސައުދީން ހަދިޔާކުރި ކަދުރު ބެހުން ކުރިއަށްދަނީ

މިއަހަރަށް ސައުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރުތައް ބަހަން ފަށައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުދުރުފަހު 13:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަދުރުބެހުން ކުރިއަށްދާނެ ކަމަށެވެ.

ސައުދީން ވަނީ މިއަހަރުވެސް 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. ރޯދަމަސް ފެށުމުގެ ކުރިން މިކަދުރުތައް ބަހައި ނިންމާނެކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ. އަދި މިސްކިތްތަކުގައި އިފްތާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ. 

ރޯދަމަހާއި ދިމާކޮށް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާކުރުމަކީ ވަރަށް ކުރީންސުރެން ހިނގަމުން އަންނަ ކަމެކެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތުގައި މިކަދުރުތައް ބަހަމުންދިޔަ ގޮތާމެދު ތައުރީފުކޮށް ވަރަށް ގިނަ ބަޔަކު ކަދުރު ބަލައިގަންނަމުން ދިޔަނަމަވެސް، ފަހަކަށް އައިސް ކަދުރު ބެހުމުގައި އަމަލުކުރަމުންދާ ގޮތާމެދު މިފަހަކަށް އައިސް އާންމުންގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދިފައިވާލެއް ބޮޑުކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.