އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަދުހަމް އަބްދުﷲ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މިދިޔަ އަހަރު އިސްތިއުފާ ދެއްވީ އޮފީހަށް ނުނިކުމެ ބަރާބަރަށް މުސާރަ ނަގަމުންދާކަން ހާމަވުމުންނެވެ.
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ނައިބް ރައީސަކަށް އެ ކޮމިޝަނުގެ މެންބަރު މޫމިނާ ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެޗްއާރްސީއެމްގެ ނައިބް ރައީސްގެ މަގާމަށް މޫމިނާ އައްޔަނު ކުރަން ފޮނުއްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީއަކުންނެވެ. ދައުރުން ބޭރުން މިއަދު ބޭއްވި ދެވަނަ ޖަލްސާގައި، އެ މަގާމަށް މޫމިނާ އައްޔަނު ކުރަން މަޖިލީހުން ފާސްކޮށްފައި ވަނީ 67 މެންބަރުންގެ ވޯޓުންނެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަދުހަމް އަބްދުﷲ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މިދިޔަ އަހަރު އިސްތިއުފާ ދެއްވީ އޮފީހަށް ނުނިކުމެ ބަރާބަރަށް މުސާރަ ނަގަމުންދާކަން ހާމަވުމުންނެވެ.
އެޗްއާރްސީއެމްގެ ގާނޫނަށް ގެނައި ބަދަލާއެކު، އެ ކޮމިޝަންގެ ރައީސާއި ނައިބް ރައީސް އައްޔަނު ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ރައީސްގެ ނިންމެވުން ފާސްކުރަނީ މަޖިލީހުންނެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމަށް މޫމިނާ އައްޔަންކުރެއްވީ ސެޕްޓެމްބަރު 8، 2020 ގަ އެވެ.