ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އަނިޔާކުރި ޓީޗަރު ހައްޔަރުކޮށް، ދޫކޮށްލައިފި

ފުލުހުން ބުނެފައިވަނީ މިމައްސަލައިގެ ތުހުމަތުގައި ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު މީހަކު ހައްޔަރުކޮށްފައި ވާކަމަށާއި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުންގެ މައި އިދާރާ

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ޓީޗަރު ހައްޔަރު ކުރި ނަމަވެސް ޝަރުތުތަކަކާއެކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ. 

ފުލުހުން މިއަދު ބުނީ މިމައްސަލައިގެ ތުހުމަތުގައި މިމަހުގެ 15 ވަނަ ދުވަހު މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ. ނަމަވެސް އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. 

އަދި ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެން މިމައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މިމައްސަލައާޢި ގުޅިގެން ތައުލީމާބެހޭ ވަޒީރު ޑރ އިސްމާއީލް ޝަފީއު ވަނީ ކަންބޮޑުވުން ފާޅުކުރެއްވުމާއެކު، ދަރިވަރުންނަށް މިފަދަ އަނިޔާ ދިނުމަކީ ބަލައިގަންނާނެ ކަމެއް ނޫންކަމަށް ވިދާޅުވެފަ އެވެ. ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ މި ފަދަ މައްސަލަތައް މިނިސްޓްރީގެ ފަރާތުން ޒިންމާދާރުކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ތަކުރާރު ނުވާނޭހެން ފިޔަވަޅު އަޅަމުންގެންދާނެ ކަމަށެވެ. 

އަދި ޒިންމާދާރުކަމާއެކު ދަރިވަރުންގެ ހައްގުތައް ހިމާޔަތްކޮށް، އުފާވެރި އަމާން މާހައުލެއްގައި ދަރިވަރުން ތައުލީމު ހާސިލްކުރުމަށް ޓީޗަރުން ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް ވަޒީރު އެދިވަޑައިގެންފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.