މި ވާހަކަތައް ފެތުރެން ފެށީ މިފްކޯ އިން މިހާރު އެންމެ ކުޑަ ސައިޒުގެ ގޮތުގައި ވިއްކަމުންދާ 180 ގްރާމް މަސްދަޅުން 40 ގްރާމް އުނިކޮށް، 140 ގްރާމް މަސްދަޅު ބާޒާރަށް ނެރުމާ ގުޅިގެންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން ރޯދަމަހު ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުގެ ސައިޒު ކުޑަވާނެ ކަމަށް ދެކެވޭ ވާހަކަތައް މިފްކޯ އިން ދޮގުކޮށްފި އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރޯދަމަހު ހިލޭ ބަހާ މަސްދަޅުތަކުން 40 ގްރާމު އުނިކުރަން ސަރުކާރުން ނިންމި ކަމަށްވެ އެވެ. ނަމަވެސް އެކަން މިއަދު މިފްކޯއިން ވަނީ ދޮގުކޮށްފަ އެވެ.
މި ވާހަކަތައް ފެތުރެން ފެށީ މިފްކޯ އިން މިހާރު އެންމެ ކުޑަ ސައިޒުގެ ގޮތުގައި ވިއްކަމުންދާ 180 ގްރާމް މަސްދަޅުން 40 ގްރާމް އުނިކޮށް، 140 ގްރާމް މަސްދަޅު ބާޒާރަށް ނެރުމާ ގުޅިގެންނެވެ. ނަމަވެސް ކުދި ސައިޒަކީ ކުދި ގޭބިސީތަކަށް އެއްފަހަރުން ބޭނުންކޮށްލެވޭނެހެން ފަސޭހަ ކުރަން ތައާރަފް ކުރި މަސްދަޅެއް ކަމަށް މިފްކޯ އިން ބުންޏެވެ.
"ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރޯދަޔަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40 ގްރާމް މަސް އުންޏެއް ނުވާނެ. ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް. 140g ބާޒާރަށް ނެރުނީ ކުދި ގޭބިސީތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި. މަސް ދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ،" މިފްކޯ އިން ބުންޏެވެ.
މިފްކޯއިން މިހާރު ވިއްކަމުންދަނީ 140 ގްރާމުގެ މަސްދަޅާއި 180 ގްރާމުގެ މަސްދަޅެވެ. މިފްކޯއިން 140 ގްރާމްގެ 48 ދަޅު އިންނަ ތެޔޮ މަސްދަޅު ކޭހެއް ވިއްކަނީ 700 ރުފިޔާ އަށެވެ. އަދި 180 ގްރާމުގެ 48 ދަޅުގެ ތެޔޮ މަސްދަޅު ކޭހެއް ވިއްކަނީ 760 ރުފިޔާ އަށެވެ.
ރައީސް ވައުދުވެވަޑައިގެންފައި ވަނީ ރޯދަމަހު ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާ ކުރުމަށެވެ.