ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ބަލަމުންދާ ކަމަށެވެ. އިންޑިއާ ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަަށް ވެސް ބުންޏެވެ.
އާންމު މަސްލަހަތު ނަގާލާ އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ ވެސް އިންޑިއާ ބަޔަކު މާރާމާރީ ހިންގައިފި އެވެ.
ހުކުރު ދުވަހާ ދިމާކޮށް ބިދޭސީންގެ ގިނަ ބަޔަކު އާޓިފިޝަލް ބީޗު ސަރަހައްދަށް އެއްވެ އެވެ. ކުރީން އެ ސަރަހައްދަށް އެެއްވަނީ ބަންގާޅު ފިރިހެނުންނާއި އަންހެނުންނެވެ. ނަމަވެސް މި ފަހުން މަސައްކަތު މީހުންގެ ގޮތުގައި ރާއްޖެ އެތެރެކުރި އިންޑިއާ މީހުން ގިނަ ބީޗު ސަރަހައްދަށް އެއްވާ މީހުންގެ ތެރޭގައި ގިނައީ އެ ގައުމުގެ މީހުންނެވެ.
އެ މީހުން އާންމު އިޖްތިމާއީ މިންގަނޑާ ހިލާފަށް އަމަލުތައް ބަހައްޓަ އެވެ. ދިވެހީންގެ ގިނަ ބަޔަކު ވެސް ކުޑަކުދީން ގޮވައިގެން އެ ސަރަހައްދަށް ދާއިރު މި ފަހުން އެ ސަރަހައްދުގެ ކޮންޓްރޯލް މުޅިންހެން އޮންނަނީ ބިދޭސީންގެ އަތްމަތީގަ އެވެ. ބައެއް ބިދޭސީން ތިބެނީ ރާބޮއި މަސްތުވެގެން ކަމަށް ވެސް މީހުން ބުނެ އެވެ.
ވަރަށް ގިނައިން މާރާމާރީ ވެސް ހިންގަ އެވެ. މިރޭ ވެސް ވަނީ މާރާމާރީ ހިންގާފަ އެވެ. އަދި އެ މަންޒަރު ރެކޯޑް ކުރި ދިވެއްސަކަށް އެ މީހުން ވަނީ ހަމަލާ ވެސް ދީފަ އެވެ.
ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ބަލަމުންދާ ކަމަށެވެ. އިންޑިއާ ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަަށް ވެސް ބުންޏެވެ.
އެންމެ ފަހުން މާރާމާރީ ހިންގި ރޭ ވެސް ދިވެހި ކުޑަކުއްޖަކަށް އަނިޔާވި އެވެ.
ހަފްތާ ބަންދާ ދިމާކޮށް ދިވެހީންގެ ގިނަ ބަޔަކު ވެސް އާއިލާއާއެކު އާޓިފިޝަލް ބީޗު ސަރަހައްދަށް ދެ އެވެ. ނަމަވެސް ބިދޭސީންގެ އަމަލުތައް ހުންނަ ގޮތުން ކުޑަކުދީންނާއެކު އެތަނަށް ގޮސް އުޅުން ވަނީ ދަތިވެފައެވެ.
ބިދޭސީންގެ ފަރާތުން ނޭދެވޭ އެތައް ކަމެއް ފެނި އެންމެ ފަހުން މާރާމާރީ ހިންގާ ހިސާބަށް ކަންކަން ގޮސް ތަކުރާރުކޮށް އެކަންކަން ހިނގަމުންދާއިރު ވެސް ފުލުހުން އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމުގެ ޝަކުވާ ބޮޑެވެ.
އެންމެ ފަހުން މާރާމާރީ ހިންގި ދުވަހު ވެސް ފުލުހުން އެ ސަރަހައްދަށް ދިޔައީ ވެސް މާރާމާރީ ހިންގި މީހުން އެ ތަނުން ދިޔަ ފަހުންނެވެ. އެ ސަރަހައްދު ގައި ފުލުހުން ގަވާއިދުން ޑިއުޓީ ކުރަމުން ދިޔަ ނަމަވެސް އަދި ފުލުހުންގެ ޕޯސްޓެއް ހުރި ނަމަވެސް އެ ވަގުތު އެ ސަރަހައްދު ގައި ފުލުހަކު ނެތް ކަމަށް ވެ އެވެ.