މި މައްސަލަތައް ތަހުގީގު ކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ޕީޖީގައި ވެސް އެދިފައިވާ ކަމަށެވެ.
ވަގު ފޯމު ފުރައިގެން ސަރުކާރު ހިންގާ ޕީއެންސީއަށް ބަޔަކު ވެއްދި ކަމަށް ބުނާ މައްސަލާގައި ހިމެނޭ ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް ފުލުހުންނާއި އޭސީސީއަށް އެމްޑީޕީން ހުށަހަޅައިފި އެވެ.
އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި ވަރަށް ގިނަ އާންމުންނަށް ނޭންގި އެ މީހުންގެ ނަމުގައި ފޯމް ފުރައިގެން ޕީއެންސީގެ ދަފްތަރުގައި ހިމަނަން އީސީއަށް ވަނީ ހުށައަޅާފަ އެވެ.
އެމްޑީޕީން ބުނާ ގޮތުން ޕީއެންސީން އެކަން ކުރީ ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށްގެނެވެ. އެ ޕާޓީން ވަނީ ވަގު ފޯމު ފުރައިގެން ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދި މައްސަލާގައި ހިމެނޭ ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް ފުލުހުންނާއި އޭސީސީއަށް މިއަދު މައްސަލަ ހުށަހަޅާފަ އެވެ.
އަދި ބުނީ މި މައްސަލަތައް ތަހުގީގު ކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ޕީޖީގައި ވެސް އެދިފައިވާ ކަމަށެވެ.
މީގެ އިތުރުން، ޕީއެންސީން ހުށަހެޅި އެއްވެސް ފޯމެއް ޕްރޮސެސް ނުކުރުމަށާ ޕްރޮސެސް ކުރި ފޯމުތައް ކެންސަލްކޮށް އެ ފޯމުތަކުގެ ސައްހަކަން އަލުން ކަށަވަރުކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ވެސް ސިޓީއެއް ފޮނުވާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.