ޕްރައިމަރީ ގްރޭޑެއްގައި ކިޔަވަމުން ދިޔަ ހާއްސަ އެހީއަށް ބޭނުންވާ އެ ކުއްޖާއަށް ޓީޗަރަކު ޖިސްމާނީ އަނިޔާ ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނައީ އެ ސްކޫލުންނެވެ.
މާލޭގެ ސްކޫލެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ޓީޗަރަކު އަނިޔާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ޕްރައިމަރީ ގްރޭޑެއްގައި ކިޔަވަމުން ދިޔަ ހާއްސަ އެހީއަށް ބޭނުންވާ އެ ކުއްޖާއަށް ޓީޗަރަކު ޖިސްމާނީ އަނިޔާ ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނައީ އެ ސްކޫލުގެ ފަރާތުންނެވެ.
މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ދަރިވަރަކަށް ޓީޗަރަކު އަނިޔާކުރި މި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ ދަރިވަރުންނަށް މިފަދަ އަނިޔާ ދިނުމަކީ ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ.
މި ފަދަ މައްސަލަތައް މިނިސްޓްރީގެ ފަރާތުން ޒިންމާދާރުކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ތަކުރާރު ނުވާނޭހެން ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޒިންމާދާރުކަމާއެކު ދަރިވަރުންގެ ހައްގުތައް ހިމާޔަތްކޮށް، އުފާވެރި އަމާން މާހައުލެއްގައި ދަރިވަރުން ތައުލީމު ހާސިލްކުރުމަށް ޓީޗަރުން ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.