އޭސީސީން ބުނީ ޝަރީފްގެ ޕާސްޕޯޓް އިއްޔެ ހިފަހައްޓާފައިވާ ކަމަށެވެ.
އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލަައަކާއި ގުޅިގެން ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
އޭސީސީގެ މީޑިއާ އިން ވަނީ އެކަން ޔަގީން ކޮށްދީފަ އެވެ. ނަމަވެެސް ޝަރީފްގެ ޕާސްޕޯޓް ހިފެހެއްޓީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނުބުނެ އެވެ. އަދި ޕާސްޕޯޓް ހިފެހެއްޓީ ކިހާ ދުވަހަކަށް ކަމެއް ވެސް ނުބުނެ އެވެ.
އޭސީސީން ބުނީ ޝަރީފްގެ ޕާސްޕޯޓް އިއްޔެ ހިފަހައްޓާފައިވާ ކަމަށެވެ. އަދި ސްޓެލްކޯއާ ގުޅުން ހުރި މައްސަލައެއްގެ ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.
ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީސީ) އަށް ބަދަލު ދިން މައްސަލަ އޭސީސީން ދަނީ ތަހުގީގު ކުރަމުންނެވެ. އެ ތަހުގީގު ފެށިތާ އަހަރު ދުވަސް ވެއްޖެ އެވެ.