އެއީ ސީސީޓީވީ ކެމެރާތައް ގިނަ ހިސާބެއް ކަމުން އެކަން ކުރި ބަޔަކު ދެނެގަތުމަށް ފަސޭހަވާނެ އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ އިދާރީވެރީންގެ ފޮޓޯ ހިއްޕާފައި ވަނިކޮށް އެމްޑީޕީ ހަރުގެއަށް ކަޅުތެޔޮ ޖަހައިފި އެވެ.
އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި ވަރަށް ގިނަ އާންމުންނަށް ނޭންގި އެ މީހުންގެ ނަމުގައި ފޯމް ފުރައިގެން ޕީއެންސީގެ ދަފްތަރުގައި ހިމަނަން އީސީއަށް ވަނީ ހުށައަޅާފަ އެވެ.
އެ މައްސަލަ ބޮޑުވެފައި ވަނިކޮށް ޕީއެންސީގެ އިދާރީވެރީންގެ ފޮޓޯތައް އެމްޑީޕީގެ ދަނޑިކޮށި ޖަގަހާގައި ވަނީ ހިއްޕާ އެވެ. އެކަން ކުރީ ޕީއެންސީން ހިންގި ކަންކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
ނަމަވެސް ބަޔަކު ވަނީ އެމްޑީޕީ ހަރުގެއަށް ރޭ ކަޅުތެޔޮ ޖަހާފަ އެވެ. ފުލުހުން ބުނީ އެކަން ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
އެއީ ސީސީޓީވީ ކެމެރާތައް ގިނަ ހިސާބެއް ކަމުން އެކަން ކުރި ބަޔަކު ދެނެގަތުމަށް ފަސޭހަވާނެ އެވެ.