ޓޫރިޒަމް މިނިސްޓަރުގެ މިއަހަރުގެ އަމާޒެއް | ޓޫރިޒަމްގެ އާމްދަނީ މައްޗަށް ޖެއްސުން

މިނިސްޓަރު ފައިސަލް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީއާ ގުޅިގެން މި އަހަރުގެ އޮފް ސީޒަނަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރާނެ އެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް

މި އަހަރުގެ ޓޫރިޒަމްގެ ލޯ ސީޒަން އައުމުގެ ކުރިން އިންޑިއާ އާއި ޗައިނާ މާކެޓަށް ހާއްސަ މަސައްކަތްތަކެއް ކުރުމުގެ އިތުރުން ޓޫރިސްޓުންގެ އާމްދަނީ އިތުރު ކުރަން، ޓޫރިސްޓުން ތިބޭ މުއްދަތު އިތުރު ކުރުމާއެކު އޮކިއުޕެންސީ މަތި ކުރަން މަސައްކަތް ކުރުމަކީ މި އަހަރުގެ އަމާޒެއް ކަމަށް ޒުވާން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ. 

ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ މިދިޔަ އަހަރު ޗައިނާއިން އެންމެ ގިނައިން ޓޫރިސްޓުން އައިނަމަވެސް އެއް ބައްޔަކުން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޔޫރަޕުން ކަމަށާ އެހެންކަމުގެ ޔޫރަޕަށް ބޮޑު ސަމާލު ކަމެއް ދެވާނެ އެވެ.

"އެންމެ ބޮޑު ޝައުގުވެރިކަމެއް މިދިޔަ އަހަރު ފެނުނީ ޔޫރަޕުން [ހާއްސަކޮށް ރަޝިއާ] އިން. އިނގިރޭސި އާއި ޖަރުމަނު އަދި އިޓަލީވެސް. އެންމެ ބޮޑު ފޯކަސްއަކީ ރެވެނިއުއަށް. ރައީސްގެ އެންމެ ބޮޑު ވައުދުފުޅަކީ ދިވެހިންގެ ހާލަތު ބަދަލު ކުރުން. އެކަމަށް އެންމެ ބޮޑު ރޯލެއް ކުޅޭނެ އެއް ކަމަކީ [ދައުލަތު ] ގެ ރެވެނިއު އިތުރުން ކުރުން. އެހެންވެ އަމާޒަކީ އެރައިވަލްސް އިތުރުކޮށް އޮކިއުޕެންސީ އިތުރުކުރުން. މިދިޔަ އަހަރު އެވްރެޖު ސްޓޭއަކީ ހަތް ދުވަސް. މި އަދަދު މަތި ކުރުން،" ފައިސަލް ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި ރަޝިއާ މާކެޓަކީ ވަަރަށް ޕޮޓެންޝަލް ހުރި މާކެޓެއް ކަމަށާ، އެހެންކަމުން އެ މާކެޓަށް ފޯކަސް ކުރާނެ އެވެ. ފައިސަލް ވިދާޅުވީ މި އަހަރު ވެސް ޓޫރިސްޓުންގެ އަދަދު އިތުރު ކުރަން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށާ އެ މަސައްކަތުގެ ދަށުން އިންޑިއާ އާއި ޗައިނާ އަށް ހާއްސަކޮށް ލޯސީޒަންއާ ދިމާކޮށް ގިނަ މަސައްކަތްތަކެއް ކުރުމުގެ ޕްލޭންތަކެއް އެބަހުރި ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.