އަދި 40 ދުވަހުގެ މުއްދަތުގެ ތެރޭގައި ރައީސްއާއި ނައިބު ރައީސްގެ މަގާމަށް މީހުން އިންތިހާބުކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން އަދި އެ ޕާޓީގެ ނާއިބު ރައީސް ހުސައިން ފިރުޝާން މިރޭ އިންތިހާބުކޮށްފި އެވެ.
ފާއިތުވި ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ދޫކުރައްވައި ނުކުމެވަޑައިގެން ޑިމޮކްރެޓްސް ނަމުގައި ޕާޓީއެއް އުފައްދަވައި އެމްޑީޕީ ރޫޅައިލައްވާނެކަމުގެ އިންޒާރު ދެއްވި ގިނަ ބޭފުޅުންތަކެއް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
އޭގެ ތެރޭގައި ހަސަން ލަތީފު ވެސް ހިމެނެ އެވެ.
ޑިމޮމްރެޓްސް އިން ބުނީ އެ ޕާޓީގެ ނެޝެނަލް އެސެމްބްލީ ބައްދަލުވުމެއް މިރޭ ބޭއްވި ކަމަށެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެން ވާހަކަފުޅު ވެސް ދެެއްކެވި މި ބައްދަލްވުމުގައި ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ހުސްވެފައިވާ ޕާޓީގެ ރައީސްކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޕާޓީގެ ނައިބު ރައީސުންގެ ތެރެއިން، ނެޝަނަލް އެސެމްބްލީގެ ސިއްރު ވޯޓަކުން ހުސައިން ފިރުޝާން އިންތިހާބު ކުރެވިފައިވާ ކަމަށެވެ.
އަދި 40 ދުވަހުގެ މުއްދަތުގެ ތެރޭގައި އިންތިހާބެއް ބޭއްވުމަށްފަހު ހުސްވެފައިވާ ރައީސްއާއި ނައިބު ރައީސްގެ މަގާމަށް މީހުން އިންތިހާބުކުރުމަށް ވެސް ވަނީ ފާސްކޮށްފައި ކަމަށް ބުންޏެވެ.