އިސްލާމިކް މިނިސްޓްރީން ބުނީ މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 101،939،070.15 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
މިދިޔަ އަހަރު ޒަކާތު ފަންޑަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ. މިއީ ރެކޯޑް އަދަދެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 101،939،070.15 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މިއީ އެއް އަހަރެއްގެ ތެރޭގައި ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބުނު އަހަރު ކަމަށެވެ. މިއީ ޒަކާތަށް ހޭލުންތެރި ކުރުވުމަށް ކުރެވުނު މަސައްކަތުގެ ހެޔޮ ނަތީޖާ ކަމަށް ވެސް ބުންޏެވެ.
މި ސަރުކާރުން ވަނީ ޒަކާތުގެ މަސައްކަތަށް ހާއްސަ އިދާރާއެއްގެ ގޮތުގައި "ޒަކާތު ހައުސް" އުފައްދާފަ އެވެ. އެ އިދާރާ އިން ޒަކާތަށް ހޭލުންތެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
މިނިސްޓްރީން ވަނީ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަބަދުވެސް ހަރަދު ކުރާނީ ޝަރުއީ އުސޫލުތަކާ އެއްގޮތަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.