އޮޕަރޭޝަން ހިންގަނީ ރ. އަލިފުއްޓާއި އެ އަތޮޅު މީދޫގައި ކަމަަށް ވެސް ބުންޏެވެ.
ސިހުރުގެ ތުހުމަތަށް ރ. އަލިފުއްޓާއި އެ އަތޮޅު މީދޫގަައި އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ސިހުރު ހަދާ ކަމަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.
އޮޕަރޭޝަން ހިންގަނީ ރ. އަލިފުއްޓާއި އެ އަތޮޅު މީދޫގައި ކަމަަށް ވެސް ބުންޏެވެ.
މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލު ފަހުން ހާމަ ކުރާނެ ކަމަށް ވެސް ބުންޏެވެ.
ސިހުރުގެ ބަލިމަޑުކަމަކީ މުޅި ރާއްޖޭގައި އޮތް ވަރަށް ބޮޑު ބަލިމަޑުކަމެކެވެ. ރާއްޖޭގެ ވަރަށް މަދު ރަށެއްގައި ނޫނީ ސިހުރުގެ ބިރުވެރިކަން އެބަ އޮތެވެ. އުތުރުގެ ގިނަ ރަށްތަކުގައި ވެސް އެކަން ބޮޑެވެ. އެކަމުގެ ސަބަބުން އެތައް ބައެއްގެ ދިރުއުޅުމަށް ވަނީ އަސަރު ކޮށްފަ އެވެ.
ސިހުރު ހެދުމަކީ ހަރާމް ކަމެކެވެ. އެއީ އެންމެ ބޮޑެތި -- ހަލާކުކުރަނިވި ހަތް ފާފައިގެ ތެރޭގައި ހިމެނޭ ފާފައެއް ކަމަށް ނަބިއްޔާ ހަދީސް ކުރައްވާފައިވެ އެވެ.