ވަންގަވް އަދާހަމަކޮށް އައު އެޕްލިކޭޝަަން މިމަހު އިފުތިތާހުކުރާނެ

ސަރުކާރުގެ ހިދުމަތްތައް އެއް ތަނަކުން ދިނުމަށް ގާއިމުކޮށްފައިވާ ވަންގަވްގެ އެޕްލިކޭޝަން އަދާހަމަކޮށް އައު އެޕްލިކޭޝަން މި މަހު ބޭނުންކުރަން ފަށާއިރު އައު ފީޗާތައް ހިމެނޭނެ

ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް އޮންލައިންކޮށް އެއް ތަނަކުން ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ވަންގަވް އެޕްލިކޭޝަން އަދާހަމަކޮށް އައު ހިދުމަތްތަކާއެކު މި މަހު އިފުތިތާހުކުރާނެކަން އެ އެޕްލިކޭޝަނުގެ މަސައްކަތްކުރާ ޓްރޭޑްނެޓް ކުންފުނިން ބުނެފި އެވެ. 

ރޭ ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރޭޑްނެޓް ކުންފުނީގެ ޗެއާމަން ސިޔާހު ހަލީލު ވިދާޅުވީ ވަންގަވްގެ ޕޯޓަލް 2.0 މި މަހުގެ ތެރޭގައި އިފުތިތާހުކުރެވޭ މިންވަރަށް އެ ކުންފުނިން މިހާރު މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަަށެވެ. 

ވަންގަވް ޕޯޓަލަކީ މީގެ ކުރިން ސަރުކާރުގެ އެކި އިދާރާތަކަށް ގޮސްގެން ހޯދަމުން އައި ހިދުމަތްތައް އެއް ތަނަަކުން ފަސޭހައިން ލިބޭ ގޮތަށް ފަރުމާކޮށްފައވާ ޕޯޓަލެކެވެ. ޒަމާނީ މި ނިޒާމު އިފުތިތާހުކުރުމާއެކު އާންމު ހިދުމަތްތައް ޑިޖިޓަލައިޒްކުރުމުގައި ސަރުކާރުންވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. 

ސިޔާހު ފާހަގަކުރެއްވި ގޮތުގައި އައު ޕޯޓަލް އިފުތިތާހުކުރާއިރު ކުރިން ޕޯޓަލު މެދުވެރިކޮށް ނުލިބޭ ވަރަށް ގިނަ ހިދުމަތްތައް އަލަށް ލިބޭނެ އެވެ. އަދި މި ހިދުމަތްތައް އެ ޕޯޓަލަށް ތައާރަފުކުރެވުމުން ސަރުކާރުގެ ހިދުމަތްތައް އެ ޕޯޓަަލު މެދުވެރިކޮށް ހޯދަމުންދާ މީހުންނަށް ބޮޑު ލުޔެއް ލިބޭނެކަމަށްވެސް ސިޔާހު ވިދާޅުވި އެވެ. 

އިތުރަށް ސިޔާހު ފާހަގަކުރެއްވި ގޮތުގައި އައު އެޕްލިކޭޝަނާއެކު ވަންގަވް ބޭނުންކުރާ ފަރާތްތަކަށް އިތުރަށް ފަސޭހަވާނެހެން އެ އެޕްލިކޭޝަނުގެ ޔޫސާ އިންޓަފޭސް ނުވަތަ ބޭނުންކުރާ މީހުން މުއާމަލާތްކުރާ ބޭރު ފަށަލަ ބަދަލުކޮށްފައިވާނެ އެވެ. އަދި ކުރިއްސުރެ ލިބޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކޮށްފައިވާނެ އެވެ. 

"ވަންގަވް ޓޫ ޕޮއިންޓް އޯ ލޯންޗްކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ މި މަސް ތެރޭގައި ލޯންޗްކުރެވިގެންދާނެ. އެއީ އޭއައި އިންޓަގްރޭޓެޑް، ބެޓަރ ޔޫއައި، އެންހޭންސް ނިއު ފީޗަރވެސް އޭގެތެރޭގައި ހިމެނިގެންދާނެ" ސިޔާހު ވިދާޅުވި އެވެ. 

ސިޔާހު ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް ދައުލަތުގެ 13 އިދާރާއަކުން 300 އަށްވުރެ ގިނަ ހިދުމަތް ވަންގަވް މެދުވެރިކޮށް އަނަނީ ފޯރުކޮށްދެމުންނެވެ. އަދި އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެ ޕޯޓަލު މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރުވާނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.