މިދަތުރުފުޅަކީ ހައްޖުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް އިސްލާމީ ގައުމުތަކާ ގުޅިގެން ސައުދީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މުހިންމު ދަތުރުފުޅަކަށް ވާނެ
1446 ވަނަ އަހަރުގެ ހައްޖު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.
ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާގެ ކަންތައްތަކާބެހޭ ވަޒީރު ޑރ ތައުފީގު ރަބީއާގެ ހާއްސަ ދައުވަތަކަށް ވަޒީރު ކުރައްވާ ދަތުރުފުޅުގައި މިއަހަރުގެ ހައްޖު އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ އިތުރުން ހައްޖު ވުޒާރާއިން މިއަހަރު ބާއްވާ ހައްޖު މައުރަޒުގައިވެސް ބައިވެރިވެވަޑައިންނަވާނެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައިވަނީ ވަޒީރުގެ މިދަތުރުފުޅަކީ ހައްޖުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް އިސްލާމީ ގައުމުތަކާ ގުޅިގެން ސައުދީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މުހިންމު ދަތުރުފުޅަކަށް ވާނެކަމަށެވެ.