މޯލްޑިވިއަން ބޮޑު ބޯޓާއެކު އިންޑޮނޭޝިއާއި އާއި ސްލޮވޭނިއާ އިން ޗާޓަރު ހުށަހެޅުން

މިރާ އަށް އެނގިފައިވާ ގޮތުގައި ގައުމީ އެއާލައިން އަށް ދަނީ އުމްރާވެރިން އުފުލަން ޗާޓަރު ހުށަހެޅުންތައް ލިބެމުންނެވެ.

މޯލްޑިވިއަންއިން އަލަށް ގެނައި ވައިޑް ބޮޑީ އެއާކްރާފްޓް

މޯލްޑިވިއަން އިން އަލަށް ގެނައި އެއާބަސް 330 ގެ ވައިޑް ބޮޑީ އެއާކްރާފްޓާއެކު އިންޑޮނޭޝިއާ އާއި ސްލޮވޭނިއާއިން ޗާޓަރު ފްލައިޓްތަކެއް އަޅަން ހުށަހެޅުން ތަކެއް ލިބިއްޖެ އެވެ. 

ދަ މިރާ އަށް އެނގިފައިވާ ގޮތުގައި އިންޑޮނޭޝިއާ އިން ވައިޑް ބޮޑީ އެއާކްރާފްޓަށް ލިބިފައިވަނީ އެ ގައުމުން އުމްރާ އަށްދާ މީހުން ތަކެއް މައްކާައަށް ގެންދިއުމަށެވެ. މީގެ އިތުރުން ރާއްޖޭން އަންނަ ރޯދަ މަހު އުމްރާއަށްދާ މީހުން ގެންދަންވެސް ބައެއް ކުންފުނިތަކުން ވަނީ މޯލްޑިވިއަންއަށް ހުށަހަޅާފަ އެވެ. 

މޯލްޑިވިއަން އިން ދަނީ އެ ކުންފުނީގެ  ފުރަތަމަ ވައިޑްބޮޑީ އެއާކްރާފްޓު އޭ-330 މަރުކާގެ މަތިންދާބޯޓުގެ ފުރަތަމަ ދަތުރު މި މަހުގެ 22 ވަނަ ދުވަހު ޗައިނާގެ ޗެންޑޫ އަށް ފަށަން ތައްޔާރު ވަމުންނެވެ.  

އައިލެންޑް އޭވިއޭޝަނުން ބުނެފައިވަނީ ގައުމީ އެއާލައިނުގެ ބޮޑު ބޯޓުގެ ފުރަތަމަ ޝެޑިއުލް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ޗެންޑޫއަށް ކަމަށެވެ. އަދި މިހާރު ޝެޑިއުލް ދަތުރުތަކުގެ ޓިކެޓު ވިއްކުމަށް ތައްޔާރުވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މި ބޯޓު ޗެންޑޫގެ އިތުރަށް ޗައިނާގެ ބެއިޖިންއާއި ޝެންހާއީއަށްވެސް ދަތުރުކުރަން ހަމަޖެހިފައިވެ އެވެ. މި ބޯޓު ދަތުރުކުރަން ހަމަޖެހިފައިވާ ސިޓީތަކަކީ ޗައިނާއިން އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެއަށް ދަތުރުކުރާ ސިޓީތައްކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

މިދިޔަ ހޯމަދުވަހު މޯލްޑިވިއަނުން ގެނައި ވައިޑްބޮޑީ މި މަތިންދާބޯޓަކީ އެއްފަހަރާ 260 މީހުންނަށް ދަތުރުކުރެވޭނެ އެވެ. މި ފުލައިޓުގައި ތިން ކްލާސް އޮވެ އެވެ. ބިޒްނަސް އަދި ޕްރިމިއަމް އިކޮނޮމީއާއި އިކޮނޮމީ ކްލާހުގެ ގޮނޑިތައް މި ފުލައިޓުގައި ހުންނައިރު 10 ޓަނުގެ ކާގޯ މި ބޯޓުގައި އުފުލޭނެ އެވެ. 

މިމަހު އޭޓީއާރެއް، އޮކްޓޫބަރު މަހު އިތުރު ވައިޑް ބޯޑީ ބޯޓެއް

ގައުމީ އެއާލައިން އިން ދަނީ މިމަހު އިތުރު އޭޓީއާރު ބޯޓެއް ގެންނަން ތައްޔާރު ވަމުންނެވެ. މީގެ އިތުރުން މި އަހަރުގެ އޮކްޓޫބަރު މަހު އިތުރު ވައިޑް ބޯޑީ އެއާ ކްރާފްޓެއް ގެންނާނެ އެވެ. 

ގައުމީ އެއާލައިނަށް - ގައުމީ އެއާލައިންއަކީ ސީޕްލޭން އާއި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެއާލައިން ހިދުމަތް ދޭ ކުންފުންޏެވެ. އަދި އިންޓަނޭޝަނަލް ދަތުރުތަކުގައި މިވަގުތު ދަނީ އިންޑިއާގެ މަންޒިލްތަކަށެވެ. މިހާތަނަށް މޯލްޑިވިއަން އެންމެ ދުރަށް ޝެއިޑުލްކޮށް ދަތުރުކުރީ ޗައިނާ އަށެވެ. ގައުމީ އެއާލައިންއަކީ މި ދާއިރާގެ އެންމެ ބޮޑު ޓީމް އޮތް ކުންފުންޏެވެ. އެންމެ ކުޅަދާނަ އިންޖިއަރުން ތިބި ކުންފުންޏެވެ. ގައުމީ އެއާލައިންއަކީ ރާއްޖެ އަށް ޖައްސާ 90 ޕަސެންޓް އެއާލައިން ލައިން މެއިންޓަންސް ހިދުމަތް ދޭ ކުންފުންޏެވެ. މި ކުންފުނިން މިހާރު ފްލައިން ސްކޫލެއް ވެސް ހިންގަ އެވެ. އަދި 16 އެއާޕޯޓަށް ދަތުރު ކުރެ އެވެ. މި ކުންފުނިން 4 އެއާޕޯޓެއް ހިންގަ އެވެ. މިއީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުންޏެވެ. ގައުމީ އެއާލައިން އިން ދަނީ އަހަރު އެއް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެމުންނެވެ. އަދި އަހަރު 50،000 ފްލައި ސައިކަލް އަޅަ އެވެ. އަދި ސީޕްލޭން 11 ބޯޓާއި ޑޮމެސްޓިކް ދަތުރުތަކަށް ޑޭޝް 8 ގެ ހަ ބޯޓެއް ދުއްވަ އެވެ. އަދި ހަތަރު އޭޓީއާރު ބޯޓު ވެސް ބޭނުން ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.