އިންޑިޔާގެ އައު ސަފީރު ފަތްކޮޅު ރައީސަށް އަރުވައިފި

އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަންކޮށްފައިވާ ޖީ.ބަލަސުބްރަމާނިއަމް ފަތްކޮޅު ރައީސަށް އެރުވީ މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގަ އެވެ.

އިންޑިޔާގެ އައު ސަފީރު މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް އެރުވުން، ފޮޓޯ: ރައީސް އޮފީސް

އިންޑިޔާއިން އަލަށް ރާއްޖެއަށް ކަނޑައެޅި ސަފީރު ޖީ. ބަލަސުބްރަމަނިއަން މިއަދު އޭނާގެ މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ. 

ޖުމްހޫރީ މައިދާނުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސަފީރު ވަޑައިގަތީ ރަސްމީ އިއްޒަތުގައި ހަތްކޮޅާއެކު އެވެ. ހަތްކޮޅު އެރުވީ އެމްއެންޑީއެފްގެ ބޭންޑުންނެވެ. 

ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި އައު ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައި، އެމަނިކުފާނުވަނީ އެ ފަތްކޮޅު ގަބޫލުކުރައްވާފަ އެވެ. އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ހައިސިއްޔަތުން އޭނާއަށް ރައީސް މަރުހަބާ ވިދާޅުވި އެވެ. 

މި ރަސްމިއްޔާތުގައި އިންޑިޔާ ސަފީރުވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެގައުމުގެ ހާރިޖީވަޒީރު ސުބްރަމާނިޔަން ޖައިޝަންކަރުގެ ވެދުމާއި ސަލާން ރައީސް މުއިއްޒަށް ރައްދު ކުރައްވާފަ އެވެ. 

އަދި ދެ ބޭފުޅުންވަނީ އިންޑިޔާއާއި ރާއްޖޭގެ މެދުގައި ބަދަހިވަމުންދާ އެއްބާރުލުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި އެ ގައުމުގެ ސަރުކާރުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާއި އެކި ދާއިރާތަކުގައި އިންޑިޔާއިން ކުރަމުން އަންނަ އިންވެސްޓުމެންޓުތަކާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. 

ދެ ބޭފުޅުން ބައްދަލުވުން ނިންމަވައިލެއްވީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވައި އެއްބާރުލުންދިނުން އިތުރުކުރައްވާނެ ކަމުގެ ޔަގީންކަން ބަދަލުކުރައްވަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.