މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްފަހު ދެ އަންހެނުން މިހާރު ވަނީ ޑީޕޯޓްކޮށްލާފަ އެވެ. ޑީޕޯޓް ކޮށްލާފައި ވަނީ ރަޝިއާ އަންހެނަކާއި ޔުގެންޑާ އަންހެނެކެވެ.
ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް ހިންގާ ހަރަކާތުގައި އިތުރު ބަޔަކު ހައްޔަރު ކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ އެ އިދާރާއާ ފުލުހުންނާ ގުޅިގެން ހިންގި ހާއްސަ އިންސްޕެކްޝަންތަކެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާ ބިދޭސީ ފަސް މީހަކު ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެއީ ހަތަރު އަންހެނުންނާއި ތިން ފިރިހެނުންނެވެ.
މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްފަހު ދެ އަންހެނުން މިހާރު ވަނީ ޑީޕޯޓްކޮށްލާފަ އެވެ. ޑީޕޯޓް ކޮށްލާފައި ވަނީ ރަޝިއާ އަންހެނަކާއި ޔުގެންޑާ އަންހެނެކެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ތިބި ފަސް މީހުން ޑީޕޯޓް ކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. މީގެ ތެރޭގައި ހިމެނެނީ ހަތަރު ބަންގްލަދޭޝް މީހުންނާއި ރަޝިއާ އަންހެނެކެވެ.
ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން ފަށާފައިވާ ހާއްސަ އިންސްޕެކްޝަންތަކުގައި، ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ގިނަ ބިދޭސީން ވަނީ އަތުލައިގެންފަ އެވެ. އަތުލައިގަންނަ ހުރިހާ ބިދޭސީން ވެސް ދަނީ ޑީޕޯޓް ކުރަމުންނެވެ. އަދި އެފަރާތްތަކުގެ ވަނަވަރު ވެސް އިމިގްރޭޝަނުން ދަނީ އާންމުކުރަމުންނެވެ.