އިންޑިއާގެ ވިއޯން ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ހަލީލް ވިދާޅުވެފައި ވަނީ މިނިސްޓަރު ޣައްސާން އެގައުމަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ދެދުވަހަށް، މިމަހުގެ 7-8 އަށް ކަމަށެވެ.
ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މި ހަފުތާ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
މިއީ ރަސްމީ ދަތުރުފުޅެއްގައި ޣައްސާން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ޣައްސާން އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަން ހާމަކުރައްވާފައި ވަނީ މިނިސްޓަރު ހަލީލް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ނޫހަކަށް ދިން އިންޓަވިއުއެއްގެ ތެރެއިންނެވެ.
އިންޑިއާގެ ވިއޯން ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ހަލީލް ވިދާޅުވެފައި ވަނީ މިނިސްޓަރު ޣައްސާން އެގައުމަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ދެދުވަހަށް، މިމަހުގެ 7-8 އަށް ކަމަށެވެ.
ޣައްސާންގެ މިދަތުރުފުޅަކީ ވަރަށް މުހިންމު ދަތުރުފުޅެއްކަން އެ ނޫހުން ފާހަގަކޮށްފައިވެ އެވެ. އޭގެ މައިގަނޑު ސަބަބަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލާފައިވުމެވެ. މިކަމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބާފުޅަކީ މިނިސްޓަރު ޣައްސާނެވެ.
މި އިންޓަވިއުގައި މިނިސްޓަރު ހަލީލް ވަނީ "އިންޑިއާ އައުޓް" ކެމްޕޭނަކީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކެމްޕޭނެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްނަންގަވައިގެން ހިންގެވި ކެމްޕޭނެއް ކަމަށާއި، ޔާމީނާ މިހާރު ސަރުކާރުގެ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
އޭރު އިދިކޮޅުގައި ތިބެގެން ހިންގި މި ހަރަކާރުގައި ރައީސް މުއިއްޒު އަދި މިނިސްޓަރު ޣައްސާނުގެ އިތުރުން ކެބިނެޓްގައި ހިމެނޭ ގިނަ މިނިސްޓަރު އިސް ސަފުން ފެނިގެން ގޮސްފައިވެ އެވެ.