ވެމްކޯއިން ބުނެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އެ ނިންމުން މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ.
ރަށްރަށުގެ ކަރަންޓު ބިލުތަކުގައި ކުނި ބިލު ހިމެނުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމި ނިންމުން ބާތިލުކޮށްފި އެވެ.
ވެމްކޯއިން ކުރިން ނިންމާފައި ވަނީ މި އަހަރުގެ ޖެނުވަރީ މަހުން ފެށިގެން ރަށްރަށުގެ ގޭބިސީތަކުން ކުނި ނެގުމުގެ ބިލާ ޔޫޓިލިޓީ ބިލު އެއްކޮށްލުމަށެވެ.
ނަމަވެސް ވެމްކޯއިން ބުނެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އެ ނިންމުން މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ވެމްކޯއިން ދޭ ހިދުމަތުން ބިލު ކުރާނީ ހަމައެއަކަނި ވެމްކޯގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަކަށް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އަދި ފައިސާ ދެއްކުމުގެ އިންތިޒާމުތައް ރަށްރަށުގައި ހުންނަ ވެމްކޯގެ އޮފީސްތަކުގައި ހަމަޖެހިފައި ހުންނާނެ ކަމަށާއި، އަވަސްޕޭ ޕޯޓަލް މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ ކަމަށް އެކުންފުނިން ބުންނެފައިވެ އެވެ.
މާލޭ ސަރަހައްދުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ދަނީ ކަރަންޓު ބިލުގައި ކުނި ބިލު ހިމަނަމުންނެވެ.