"އިންޑިޔާ އައުޓަކީ ޔާމީނުގެ ކަމެއް، ސަރުކާރު ބަދަލުކުރަން އިންޑިޔާއިން ނޫޅޭނެ"

އިންޑިޔާ އައުޓް ހަރަކާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އިސްނަންގަވައިގެން ހިންގެވި ހަރަކާތެއްކަމަށާއި، ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް އިންޑިޔާއިން މަސައްކަތެއް ނުކުރާނެ ކަމުގައި ހަލީލު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ޑރ.އަބްދުﷲ ހަލީލު އަދި އިންޑިޔާގެ އެކްސްޓާަނަލް މިނިސްޓަރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު

އިންޑިޔާ އައުޓް ހަރަކާތަކީ އިދިކޮޅުގައި ޕީޕީއެމް/ޕީއެންސީ އޮތްއިރު އެ ޕާޓީގެ ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކަމެއްކަމަށާއި، އިންޑިޔާގެ ޖާސޫސީ އިދާރާއިން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓައިލަން ރޭވިކަމަށް ބުނެ ވޮޝިންޓަން ޕޯސްޓުގައި ރިޕޯޓުކޮށްފައި އޮތް ހަބަރަކީ ކަނޑައެޅިގެން ދޮގެއްކަމަށް ފޮރިން މިނިސްޓަރު ޑރ.އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ. 

ހަލީލު މިފަދައިން ވިދާޅުވީ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ވިއޮން ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ދެއްކެވި ވާހަކަފުޅުގަ އެވެ. އެގޮތުން އިންޑިޔާ އައުޓުގެ ނަމުގައި މިހާރު ސަރުކާރު ހިންގަވާ ޕާޓީގެ ލީޑާޝިޕުގެ ބައިވެރިވުމާއެކު ހިންގި ހަރަކާތަކީ ރައީސް ޔާމީނުގެ އިސްނެންގެވުމަށް ހިންގި ހަރަކާތެއް ކަމުގައި ހަލީލު ވިދާޅުވި އެވެ. 

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވީ ޔާމީނާއި މިހާރުގެ ސަރުކާރާ ގުޅުމެެއް ނެތްކަމެވެ. އެގޮތުން އެމަނިކުފާނު ސަރުކާރު ހިންގާ ޕާޓީއާ ދުރަށް ވަޑައިގެން އަމިއްލަ ޕާޓީއެއް އުފައްދަވައިގެން މިހާރު މަސައްކަތް ކުރައްވަނީ ސަރުކާރާ ދެކޮޅަށް ކަމުގައި ހަލީލު ވިދާޅުވި އެވެ. 

އަދި ނިމިދިޔަތަން މާޒީގެ ގޮތުގައި ބޭއްވުމަށްފަހު، ރާއްޖެއާއި އިންޑިޔާގެ ގުޅުން މިހާރު ދަނީ އިތުރަށް ބަދަހިކުރެވި ހަރުދަނާކުރެވުމުންކަމަށް ހަލީލު ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒު ބޭނުންފުޅުވަނީ މިއިން ޒަމާނެއްގައި އިންޑިޔާއާއި ރާއްޖޭގެ ގުޅުން ބަދަހިވެފައި ނެތް މިންވަަރަށް ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. 

އޭގެ އިތުރަށް ނިމުނު ހަފުތާ ތެރޭގައި ވޮޝިންޓަން ޕޯސްޓު ނޫހުގައި ޝާއިއުކުރި ރިޕޯޓެއްގައި އިންޑިޔާގެ ރޯގެ ބައިވެރިވުމާއެކު ރައީސް މުއިއްޒުގެ ވެރިކަން ވައްޓައިލުމަށް ރޭވިކަމަށް ކުރެވުނު ތުހުމަތުތަކާމެދު ސުވާލުކުރުމުން ހަލީލު ވިދާޅުވީ އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއްކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. 

އޭގެ އިތުރަށް ހަލީލުވަނީ ހާރިޖީ ގުޅުންތަކުގައި އެކި ގައުމުތަކާއެކު އެކި ދާއިރާތަކުން ރާއްޖެއިން ގުޅުން ބަދަހިކުރި ނަމަވެސް އަބަދުވެސް ރާއްޖެއިން އެންމެ ބޮޑު އިސްކަމެއްދޭނީ އިންޑިޔާއަށް ކަމުގައި ފާހަގަކުރައްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.