"ކުރިއަށް އޮތް 48 ގަޑިއިރު މޫސުން ދާނީ ރަގަޅުވަމުން"

މެޓް އޮފީހުން މިއަދު ބުނީ ކުރިއަށް އޮތް 48 ގަޑިއިރުތެރޭ ކަނޑުތައް ވެސް މަޑުވަމުންދާނެ ކަމަށެވެ. ނަމަވެސް މިއަދު ވެސް އުތުރާއި މެދުރާއްޖެތެރޭގެ ރަށްރަށަށް ވިއްސާރަ ކުރާނެ ކަމަށެވެ.

ވިއްސާރަވެ މުޅި މާލޭގައި ވަނީ ފެންބޮޑުވެފައި

ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ މޫސުން ދާނީ ރަގަޅުވަމުން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ ކުރިއަށް އޮތް 48 ގަޑިއިރުތެރޭ ކަނޑުތައް ވެސް މަޑުވަމުންދާނެ ކަމަށެވެ. ނަމަވެސް މިއަދު ވެސް އުތުރާއި މެދުރާއްޖެތެރޭގެ ރަށްރަށަށް ވިއްސާރަ ކުރާނެ ކަމަށެވެ.

މެޓުން ބުނީ މިއަދު ވެސް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ދެކުނުގެ ރަށްރަށަށް މޫސުން އާންމު ގޮތެއްގައި ރަގަޅު ވާނެ ކަމަށެވެ. އެ ހިސާބުގެ މަދު ރަށްރަށަށް މިއަދު ކެރީގެ އަސަރު ކޮށްފާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެ އެވެ.

މެޓުން ބުނީ އުތުރާއި މެދުރާއްޖެތެރޭގައި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

މެޓުން ކުރިން ބުނެފައި ވަނީ މި ވިއްސާރައަކީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، މި ކޮޅިގަނޑާއި ގުޅިފައިވާ ލޯޕްރެޝަރުގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށެވެ. ނަމަވެސް މިހާރު ކޮޅިގަނޑުގެ ބާރު ދަނީ ކެނޑެމުންނެވެ.

މި ވިއްސާރައިގައި އިއްޔެ ވަނީ އުތުރާއި މެދުރާއްޖެތެރެއަށް ވަރަށް ބޮޑަށް ވިއްސާރަކޮށްފަ އެވެ. އެންމެ ބޮޑަށް ވިއްސާރަ ކޮށްފައި ވަނީ މާލޭ ސަރަހައްދަށެވެ. މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް 142.6 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. މި ވިއްސާރައިގެ ސަބަބުން ގޭގެއަށާއި ވިޔަފާރިތަކަށް ފެންވަދެ، ބޮޑެތި ގެއްލުން ވަނީ ލިބިފަ އެވެ. މަގުތަކުގައި ކަކުލުން މައްޗަށް ފެން ހެދިފައި ހުއްޓެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ހުޅުލެއަށެވެ. އެރަށަށް 144 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. ހުޅުމާލެއަށް 122.5 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.