ނޮވެމްބަރު މަހު ތަކެތީގެ އަގުތައް ބޮޑު ތަނުން އުފުލުނު

ނޮވެމްބަރު މަހު މުޅި ރާއްޖޭގެ އިންފްލޭޝަން ވަނީ 2.47 ޕަސެންޓުގެ އުފުލިފަ އެވެ. އަދި އަތޮޅުތެރެ ވަކިން ބަލާނަމަ އިންފްލޭޝަން އުޅެނީ 3.16 ޕަސެންޓުގަ އެވެ.

ބާޒާރުމަތީގައި މީހަކު ފިޔާ ސާފު ކުރަނީ ؛ އެންމެ ބޮޑަށް އަގު އުފުލުނީ ސިނގިރޭޓް

ޑޮލަރުގެ އަގު އުފުލުމާއި ދުނިޔޭގެ ބާޒާރުގައި ހުރި ތާށިތަކާއެކު މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން ބޮޑު ތަނުން މައްޗަށް ޖެހިލައިފި އެވެ. 

ގައުމީ ތަފާސް ހިސާބު ބަލަހައްޓާ އޮފީސް، މޯލްޑިވްސް ސްޓެޓިސްޓިސްޓިކް ބިއުރޯއިން މިދިޔަ މަހު އެއްކުރި ރާއްޖޭގެ ހިދުމަތާއި އަގުތަކަށް އައިސްފައިވާ ބަދަލު ދައްކުވައިވޭ ކޮންސިއުމާ ޕްރައިސް އިންޑެސް (ސީޕީއައި) ދައްކާ ގޮތުން މިދިޔަ މަހު ރާއްޖޭގެ ޖުމްލަ އިންފްލޭޝަން ވަނީ 2.47 ޕަސެންޓުގެ އުފުލުމެއް އައިސްފަ އެވެ. މި އުފުލުން އައުމުގެ މައިގަނޑު ސަބަބަކީ ސިނގިރޭޓުގެ ޑިއުޓީ ބޮޑު ކުރުމުން އެ ބާވަތުގެ އަގުތައް މަތިވެގެން ދިއުމެވެ. 

އަގުތަކަށް އައިސްފައިވާ ބަދަލު

  • ސިނގިރޭޓް - 98.12 ޕަސެންޓް އުފުލިފަ
  • ކެފޭ އަދި ރެސްޓޯރެންޓުގެ އަގުތައް - 15.81 ޕަސެންޓް އުފުލިފަ
  • އެއްގަމު ދަތުރުފަތުރުގެ އަގުތައް - 5.13 ޕަސެންޓް އުފުލިފަ
  • ކަރަންޓުގެ އަގުތައް - 0.80 ޕަސެންޓް އުފުލިފަ
  • ފައިވާނާއި ބޫޓް ފަދަ ތަކެތީގެ އަގުތައް - 2.66 ޕަސެންޓް އުފުލިފަ
  • އަންނައުނުގެ އަގުތައް - 0.94 ޕަސެންޓް އުފުލިފަ
  • ކުޅޭ ތަކެތީގެ އަގުތައް - 3.01 ޕަސެންޓް އުފުލިފަ
  • ދުންފަތުގެ އަގުތައް - 1.89 ޕަސެންޓް އުފުލިފަ
  • ސީރިއަލް ފަދަ ތަކެތި - 0.29 ޕަސެންޓް އުފުލިފަ
  • ގޭހުގެ އަގުތައް - 0.64 ޕަަސެންޓް އުފުލިފަ
  • ކޮފީ ފަދަ ތަކެތީގެ އަގުތައް - 0.97 ޕަސެންޓް އުފުލިފަ
  • ފޯނު ހިދުމަތުގެ އަގުތައް - 2.76 ޕަސެންޓް ދަށް
  • ތަރުކާރީގެ އަގުތައް - 1.94 ޕަސެންޓް ދަށް
  • ސައިކަލްގެ އަގުތައް - 1.30 ޕަސެންޓް ދަށް
  • ކަނޑު މަހުގެ އަގުތައް - 0.36 ޕަސެންޓް ދަށް
  • ކެއުމަށް ބޭނުންކުރާ ސާމާނުގެ އަގުތައް - 0.77 ޕަސެންޓް ދަށް

އަގު ތަކަށް އައިސްފައިވާ ބަދަލު މިދިޔަ އަހަރާއި މި އަހަރުގެ ނޮވެމްބަރު މަހާއި މި އަހަރުގެ ނޮވެމްބަރު މަހާ އަޅާ ކިޔާނަމަ އުޅެނީ އިންފްލޭޝަން ހަތަރު ޕަސެންޓު މަތީގަ އެވެ. 

އަގުތައް އެންމެ ބޮޑަށް އުފުލިފައިވަނީ ސިނގިރޭޓުންނެވެ. ސިނގިރޭޓުގެ އަގުތައް ވަނީ 98 ޕަސެންޓުގެ އުފުލުމެއް އައިސްފަ އެވެ. މީގެ އިތުރުން ދެން އެންމެ ބޮޑަށް އަގު އުފުލުނު ކަމަށް ދައްކަނީ ކެފޭ އަދި ރެސްޓޯރެންޓުގެ އަގުތަކެވެ. ރެސްޓޯރެންޓް ކެފޭގެ އަގުތައް ވަނީ 15.81 ޕަސެންޓް މަތިވެފަ އެވެ. އަދި އަގުތައް އެންމެ ބޮޑަށް ދަށްވިކަމަށް ދައްކަނީ ފޯނުގެ ހިދުމަތުންނެވެ. ފޯނު ހިދުމަތުގެ އަގުތައް ވަނީ 2.76 ޕަސެންޓުގެ އުފުލުމެއް އައިސްފަ އެވެ. 

އަގުތަކަށް އައިސްފައިވާ ބަދަލު ދައްކުވައިދޭ ޗާޓެއް

އަގުތައް މުޅި ރާއްޖޭގައި ދެ ޕަސެންޓަށްވުރެ މައްޗަށް އުފުލުނުއިރު، މާލެ އެކަނި ބަލާނަމަ އިންފްލޭޝަން ހުރީ ދެ ޕަސެންޓުގަ އެވެ. އަދި އަތޮޅުތެރޭގައި ހުރީ 3.16 ޕަސެންޓުގަ އެވެ. އަތޮޅުތެރޭގައި ވެސް އެންމެ ބޮޑަށް އަގު އުފުލުނު ކަމަށް ދައްކަނީ ސިނގިރޭޓެވެ. ސިނގިރޭޓުގެ އަގުތައް ހުރި 1.93 ޕަސެންޓް އުފުލިފަ އެވެ. 

ސީޕީއައި ބަލާގޮތް - ސީޕީއައި ހިސާބު ކުރުމުގައި ބަލަނީ އާންމުކޮށް ގޭބީސީ އަކަށް ގަންނަ މުދާ އެއް ބާސްކެޓަކަށް އެޅުމަށް ފަހު، އެ ބާސްކެޓުގެ އަގަށް އެވްރެޖްކޮށް އަންނަ ބަދަލަށެވެ. މި ހިސާބު ޖެހުމުގައި ބޭނުންކުރާ މިންގަނޑު ބަދަލު ކުރަނީ ޒަމާނާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލާއެކު، މީހުންގެ އާންމު ހަރަދުތަކަށް އަންނަ ބަދަލުތައް ހިމެނުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.