އެޕަލްގެ ޑިޒައިން ޓީމަށް ބަދަލުތަކެއް

އެޕަލް އަކީ ވަކި މީހެއްގެ މޫނަށް ބަލައިގެން ޑިޒައިން ޓީމް ފައްކާކުރާ ކުންފުޏެއް ނޫނެވެ. އުފެއްދުންތައް ޑިޒައިންކުރަނީ ވަފާތެރިންނަށް ކަމުދާ ގޮތަށެވެ. ޚާއްސަކޮށް އެމެރިކާ މީހުންނަށް ބޭނުންތެރި އެއްޗެއް ގޮތަށެވެ. އެކަމަކު އެޕަލްގެ އުފެއްދުންތައް މުޅި ދުނިޔެ ވެސް ގަބޫލު ކުރެ އެވެ.

އެޕަލްގެ ޗީފް ޑިޒައިނަރު ވަކިވި ނަމަވެސް ޑިޒައިންތަކަށް ބަދަލު އަންނާނެ ކަމަކަށް ނުފެނޭ

އެޕަލްއާ ބެހޭ ގޮތުން ބުނެވެން އޮތީ ފާއިތުވި ދެތިން މަހެއްހާ ދުވަހު ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ކުންފުންޏަށް އާމްދަނީ ލިބެން ހުރި އުފެއްދުންތައް މާކެޓް ކުރުމުގައި މުވައްޒަފުން އަވަދިނެތި އުޅުނުކަން ވެސް ފާހަގަ ކުރަން ޖެހެ އެވެ. އަހަރަކު އެއްފަހަރު މާކެޓަށް ނެރޭ އައިފޯނާއި އެޕަލް ވޮޗްގެ އިތުރުން އާ އެއާޕޮޑްތައް ވެސް ވަނީ ނެރެފަ އެވެ. އައިޕެޑާއި އައިޕެޑް ޕްރޯގެ އިތުރުން އެޕަލް ޓީވީގެ ވާހަކަތައް ވެސް އަދި އޮތީ ކުރިއަށެވެ.

އެހެން ނަމަވެސް، ވަފާތެރިންނަށް އޮތް ހިތާމައަކީ މި ފަރި ޑިޒައިންތައް އެއް ފެންވަރެއްގައި ދަމަހައްޓަން އިރުޝާދު ދިން މީހާ އެޕަލުން ކެނޑެން ނިންމި ނިންމުމެވެ.

ބްލޫމްބާގް ބުނާ ގޮތުން އެޕަލްގެ އިންޑަސްޓްރިއަލް ޑިޒައިންގެ ވައިސް ޕްރެޒިޑެންޓް އިވާންސް ހޭންކީ އެ ކުންފުނި ދޫކޮށްލަނީ އެވެ.

ހޭންކީއާ ބެހޭ ގޮތުން މާ ބޮޑު އެއްޗެއް އާންމުވެފައި ނެތް ނަމަވެސް، ސްޓެންފޯޑް ޔުނިވާސިޓީން އިންޑަސްޓްރިއަލް އަދި ޕްރޮޑަކްޓް ޑިޒައިން ކިޔެވިކަން އެނގެން އެބަ އޮތެވެ. އެއަށް ފަހު އެޕަލްއާ ގުޅި ޑިޒައިން ޓީމުގައި ޖޮނީ އައިވްގެ ދަށުން މަސައްކަތް ކުރަން ފެށި އެވެ. އެޕަލް ދޫކޮށް 2019 ގައި ޖޮނީ އައިވް ދިއުމުން ހެޑް އޮފް ހާޑްވެއާ ޑިޒައިންގެ މަގާމާ ހަވާލުވީ ހޭންކީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހޭންކީ ވަނީ ކުރިއަށް އޮތް ހަމަސް ދުވަހު އެޕަލްގައި މަޑުކުރާނެ ކަމަށް ބުނެފަ އެވެ. ހޭންކީއަށް ފަހު އެ މަގާމަށް ކަނޑަ އަޅާނެ ވަކި މީހަކު އެޕަލްގެ ވިސްނުމުގައި އަދި ނެތް ކަމަށް ވެއެވެ.

މި ބަދަލުގެ ސަބަބުން ކިހާ ވަރެއްގެ އަސަރެއް އެޕަލްއަށް ކުރާނެ ކަމެއް ބުނަން އަދި ދައްޗެވެ. ޖޮނީ އައިވް އެޕަލް ދޫކޮށް ދިއުމުން ވެސް ބަޔަކު ޝަކުވާ ކުރާ ކުރާވަރުގެ ގޯހެއް އެޕަލްގެ ޑިޒައިންތަކުން ނުފެނެ އެވެ.

އެޕަލުން ޑިޒައިން ޓީމަށް ގެންނަ ބަދަލާ އެކު ޒަމާނީ އުފެއްދުންތަކެއް ވަފާތެރިންނަށް ކަމުދާ ގޮތަށް އުފެއްދުމަކީ ވެސް އޮތް ފުރުސަތެކެވެ. އެހެނީ އެޕަލް އަކީ ވަކި މީހަކަށް ކުރާ އިތުބާރަކުން އުފެއްދުންތަކަށް ތަރުހީބު ހޯދާ ކުންފުންޏެއް ނޫނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.