އުމްރާވެރިން ރާއްޖެއަށް އައުމުގެ ސަބަބުން ވީއައިއޭގައި އެންމެ ބާރުބޮޑުވާނެ ކަމަށް އެމްއޭސީއެލުން ލަފާކުރާ ވަގުތުތަކަކީ ހެނދުނު 6:00 އާއި 9:00 އާ ދެމެދު އަދި މެންދުރު ފަހު 2:00 އާއި ހަވީރު 4:00 އާ ދެމެދެވެ.
އުމްރާގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާއަށް ދިޔަ ގިނަ ބަޔަކު މާދަމާ އެނބުރި ރާއްޖެއަށް އަންނާތީ މާދަން އެއާޕޯޓުގައި ބާރުބޮޑުވާނެކަމަށް ބެލެވޭތީ ދަތުރުވެރިން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް އައުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އެދިއްޖެ އެވެ.
ނިމުނު ޑިސެންބަރަކީ އެއް މަހެއްގައި އުމްރާގެ އަޅުކަން އަދާކުރުމަށް އެންމެ ގިނަ އަދަދަކަށް ދިވެހިން ސައުދީއަށް ދިޔަ އަަހަރެވެ. ސައުދީއަށް އުމްރާގެ އަޅުކަން އަދާކުރަން ދިޔަ މީހުންގެ ތެރެއިން ވަރަށް ގިނަ މީހުން މާދަމާ އަނބުރާ ރާއްޖެއަށް އަންނާނެ އެވެ.
އުމްރާވެރިން ރާއްޖެއަށް އައުމުގެ ސަބަބުން ވީއައިއޭގައި އެންމެ ބާރުބޮޑުވާނެ ކަމަށް އެމްއޭސީއެލުން ލަފާކުރާ ވަގުތުތަކަކީ ހެނދުނު 6:00 އާއި 9:00 އާ ދެމެދު އަދި މެންދުރު ފަހު 2:00 އާއި ހަވީރު 4:00 އާ ދެމެދެވެ.
ހެނދުނު ބާރުބޮޑުވާ ވަގުތު އެއާޕޯޓަށް 2،678 މީހުން އަންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއިން 618 މީހުންނަކީ އުމްރާގެ އަޅުކަމަށްފަހު އަނބުރާ އަންނަ މީހުންނެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި ހެނދުނުގެ އެވަގުތު 1،372 މީހަކު ވީއައިއޭއިން ފުރާަނެ އެވެ. އެހެންކަމުން އެ ވަގުތު ވަރަށް ބާރުބޮޑުވާނެ އެވެ.
މެންދުރުފަހު ބާރުބޮޑުވާ ގަޑީގައި 2071 ފަސިންޖަރުން އެއާޕޯޓަށް އަންނާނެ އެވެ. އޭގެ ތެރޭގައި އުމްރާއިން އަންނަ 452 މީހަކު ހިމެނޭނެ އެވެ. އަދި އެ ގަޑީގައި 1091 މީހަކު އެއާޕޯޓުން ފުރާނެ އެވެ.