މިއަދު ބޮޑު ބަޔަކަށް ވިއްސާރަވާނެ، ނ.އިން ލ.އަށް ހުދު ސަމާލު ނެރެފި

މިއަދު ހެނދުނު 6:30 އިން މެންދުރުކުރީ 11:30 އާ ދެމެދުގައި ބޯކޮށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް ނ.އަތޮޅުން ފެށިގެން ލ.އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވެ އެވެ.

މާލެއަށް ބޯކޮށް ވާރޭ ނެހެނީ: އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް -- ފޮޓޯ: މިރާ

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވިއްސާރަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއަށް ލަފާކުރެވޭތީ، ނ.އަތޮޅުން ފެށިފެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި އެވެ. 

އުތުރުގެ ނ.އިން ފެށިގެން ދެކުނުން ލ.އާ ހަމައަށް މެޓު އޮފީހުން މިއަދު ނެރުނު ސަމާލުގެ މުހުލަތަކީ ހެނދުނު 6:30 އިން ފެށިގެން މެންދުރުކުރީ 11:30 އާ ހަމައަށެވެ. 

މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި މިވަގުތުތަކުގައި އެ ސަރަހައްދުގައި ހިމެނޭ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ އެވެ. އަދި ގުގުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ. 

އޭގެ އިތުރަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށްވުރެ ބާރަށް ވައިޖެހޭނެ ކަމުގައިވެސް އެ އިދާރާއިން ލަފާކުރެ އެވެ. 

މިހާރު ކުރަމުންދާ ވިއްސާރައަކީ ސްރީލަންކާގެ އިރު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑެއް އަދި އެ ކޮޅިގަނޑާ ގުޅުގެން އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފުގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައެކެވެ. މެޓު އޮފީހުން ލަފާކުރާ ގޮތުން އައު އަހަރުގެ ފުރަތަމަ ފަސް ދުވަހުވެސް ވިއްސާރަވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.