އެޑްވަޓޯރިއަލް

އިމާރާތްކުރުމުގައި ޒިންމާދާރުކަން އިސްކުރަމާ

އެލައިޑްގެ "ކޮންޓްރެކްޓާސް އޯލް ރިސްކްސް" ޕްލޭނަކީ މި ހުރިހާ ހާލަތަކަށް އެކަށޭނަ ރައްކާތެރިކަމުގެ ޕެކޭޖެކެވެ.

ގެއެއްގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަނީ

އިމާރާތްކުރުމަކީ ބޮޑު މަސައްކަތެކެވެ. ބުރަ މަސައްކަތެކެވެ. ޚަރަދު ވެސް ބޮޑު މަސައްކަތެކެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ނާޅާ ނަމަ މަސައްކަތްކުރާ ފަރާތްތަކާއި އަދި ވަށައިގެންވާ މާހައުލާއި މީހުންނަށް ޖިސްމާނީ އަދި މާލީ ގެއްލުންތައް ވެސް ކުރިމަތިވެދާނެ ފަދަ ކަމެކެވެ.

ބައެއް ފަހަރު އެންމެ އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅި ނަމަވެސް، ހީނުކުރާ ނުވަތަ އުންމީދު ނުކުރާ ފަދަ ހާދިސާތަކާ ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އިމާރާތްކުރުމުގެ މަސައްކަތެއް ހިންގާލުމުގެ ކުރިން އިމާރާތްކުރުމުގެ ސައިޓާއި މަސައްކަތުގައި ބޭނުންކުރާ މެޝިނަރީއާއި ތިންވަނަ ފަރާތްތަކުގެ މުދަލާއި ނުވަތަ ޖިސްމަށް ދިމާވެދާނެ ނުރައްކަލަކަށް ތައްޔާރުވެ، އިންޝުއަރަންސެއް ނެގުމަކީ ޒިންމާދާރު ގޮތެވެ.
އެލައިޑްގެ "ކޮންޓްރެކްޓާސް އޯލް ރިސްކްސް" ޕްލޭނަކީ މި ހުރިހާ ހާލަތަކަށް އެކަށޭނަ ރައްކާތެރިކަމުގެ ޕެކޭޖެކެވެ. އިމާރާތްކުރުމުގެ މަސައްކަތް ހިނގާ ސައިޓާއި ބޭނުންކުރާ މެޝިނަރީގެ އިތުރުން އެހެން މީހަކަށް ދިމާވެދާނެ ޖިސްމާނީ ގެއްލުންތަކުން ވެސް މި ޕްލޭން ރައްކާތެރިކަން ލިބިގެންދެއެވެ.
މި ކަވަރޭޖުގެ ދަށުން ރައްކާތެރިކަން ކަށަވަރުކޮށްދެނީ އަލިފާނުގެ ހާދިސާ، ހޮނުއެޅުން ނުވަތަ އެއްޗެއް ގޮވުން ފަދަ ހާދިސާތައް، ބޯ ވިއްސާރައާއި ފެންބޮޑުވުން، ވައްކަންކުރުން، ކަރަންޓު ޝޯޓުވުން ފަދަ ހާދިސާތައް، އަދި އެހެން އެއްޗަކުން ޖެހުމުގެ ސަބަބުން ސައިޓަށް ދިމާވާ ގެއްލުން ނުވަތަ ސައިޓު ރޫޅުން/ވެއްޓުން ފަދަ ނުރައްކާތެރި ހާދިސާތަކަށެވެ.
ނަމަވެސް ފަރުވާކުޑަކޮށް މަސައްކަތްކޮށްގެން ދިމާވާ ހާދިސާތައް، މަސައްކަތްތެރީން މަސައްކަތް ހުއްޓާލުން، މަސައްކަތްކުރާ ފަރާތުގެ އިހުމާލު، އަދި ގިނަދުވަސް ވެގެން ދިމާވާ ގެއްލުންތަކަށް މި ކަވަރޭޖު ނުހިނގާނެއެވެ.
މާލެ ސަރަހައްދުގައި އިމާރާތްތައް އަޅާފައި ހުންނަނީ ގާތްގާތުގައި ކަމުން ސައިޓެއްގައި ހިނގާ މަސައްކަތްތަކުން ޖެހިގެން ހުންނަ ގޯތީގެ އިމާރާތަށް ލިބިދާނެ ގެއްލުމަކަށް ހުށިޔާރުވާން ޖެހެއެވެ. ނުވަތަ ސައިޓުން މަގުމައްޗަށް އެއްޗެއް ވެއްޓިގެން ތިންވަނަ ފަރާތަކަށް ޖިސްމާނީ ގެއްލުމެއް ނުވަތަ ތިންވަނަ ފަރާތެއްގެ މުދަލަކަށް ގެއްލުމެއް ލިބިދާނެކަމަށް ވެސް ކުރިއާލައި ތައްޔާރުވެ، ފިޔވަޅެއް އަޅއިގެން ހުރުމަކީ ބުއްދިވެރި ގޮތެކެވެ.
މީގެ ކުރިން ރާއްޖޭގައި މިފަދަ ހާދިސާތައް ހިނގާފައި ވެސް އެބަ ހުއްޓެވެ. މިސާލަކަށް، 2022 ވަނަ އަހަރު ހުޅުމާލެ ފޭސް 2 ގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތީގައި ހުރި ފިލާތަކެއް ގަދަ ވަޔާއެކު އުކާލެވިގެން ދިޔައެވެ. އަދި މި އަހަރުގެ މޭ މަހު މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ވައިގަދަވެ، ހުޅުމާލޭގައި އިމާރާތްކުރަމުން ދިޔަ ޓަވަރެއްގެ ވަށައިގެން ޖަހާފައިވާ ސޭފްޓީ ފެންސުތައް ވެސް މަގުމައްޗަށް ވެއްޓުމުގެ ހާދިސާއެއް ހިނގިއެވެ. މިފަދަ ހާދިސާއެއްގެ ސަބަބުން މަގުމަތީގައި އުޅޭ މީހަކަށް ނުވަތަ މީހެއްގެ މުދަލަކަށް ލިބޭ ގެއްލުމަކުން ރައްކާތެރިވުމަކީ "ކޮންޓްރެކްޓާސް އޯލް ރިސްކް" ފަދަ ޕްލޭނެއްގެ މަގްސަދެވެ.
އެހެންކަމުން އިމާރާތްކުރުމުގެ މަސައްކަތެއް ފަށައިގަތުމުގެ ކުރިން މަސައްކަތުގެ ސައިޓާއި މެޝިނަރީ އަދި ތިންވަނަ ފަރާތްތަކަށް ލިބިދާނެ ގެއްލުންތަކަށް ރައްކާތެރިކަން ހޯއްދަވާށެވެ. މަސައްކަތް ފެއްޓެވުމުގެ ކުރިން އެލައިޑް އިންޝުއަރަންސުން "ކޮންޓްރެކްޓާސް އޯލް ރިސްކް" ޕްލޭނެއްގެ ކޯޓޭޝަނެއް ހޯއްދަވައިގެން ކުރިއަށް ވަޑައިގަންނަވާށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.