ހަވާއެރުވުން އޮންނާނީ މިރޭ 23:59 ކުން ފެށިގެން ފަސްވަރަކަށް މިނެޓަށް ކަމަށް އެމްއެންޑީއެފުން ބުނޭ
މީލާދީ އައު އަހަރު ފާހަގަކުރުމުގެ ގޮތުން މިރޭ ހުޅުމާލޭ ސެންޓަރަލްޕާކުގައި ހަވާއެރުވުމަށް ހަމަޖެހިފައިވާކަމަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)ން ބުނެފިއެވެ. އެފަރާތުން މިހެންބުނެފައިވަނީ އެކްސްގައި ހިއްސާކުރި އަދާހަމައެއްގައެވެ.
މިހަރަކާތަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިސްނަގައިގެން ބާއްވާ ޝޯގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެމްއެމްޕީއާރުސީއިން މައުލޫމާތުދޭ ގޮތުގައި މިޝޯގެ ތެރެއިން ހަވާއެރުވުމުގެ އިތުރުން ފަތުރުވެރިއެއްގެ ދަތުރު ދައްކުވައިދޭ ހާއްސަ ޑްރޯން ޝޯއަކާއި ފުޑް ފެސްޓިވަލަކާއި ލައިވް ބޮޑުބެރުގެ ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ.
ހަވާއެރުވުން އޮންނާނީ މިރޭ 23:59 ކުން ފެށިގެން ފަސްވަރަކަށް މިނެޓަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.