ދުރާލާ ހިދުމަތް ލިބިގަތުމަށް ދެބޭންކުންވެސް އިލްތިމާސްކުރޭ
އައު އަހަރުގެ މުނާސަބަތުގައި ކުރިއަށްއޮތް ފަސްދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބަންދުވާނެކަމަށް އެދެބޭންކުން ބުނެފިއެވެ.
31 ޑިސެމްބަރު 2024ހުން 5 ޖަނަވަރީ 2025ގެ ނިޔަލަށް ބޭންކުތައް ބަންދުވާނެކަމުން އޭގެކުރިން ދުރާލާ ހިދުމަތް ލިބިގަތުމަށް ދެބޭންކުންވެސް އިލްތިމާސްކުރެއެވެ.
ބޭންކުތަކުގެ އޮފީސްތައް ބަންދުވިކަމުގައި ވީނަމަވެސް އިންޓަރނެޓް ބޭންކިންގ، މޯބައިލް ބޭންކިންގ، ސެލްފް ސަރވިސް އޭޓީއެމް އަދި ކަސްޓަމަރ ސަޕޯޓް ސެންޓަރފަދަ ހިދުމަތްތައް މެދުކެނޑިގެން ނުދާނެކަމަށް ދެބޭންކުންވެސް މައުލޫމާތުދެއެވެ.