ވަގަށް ގޯތި ވިއްކުން: ނުވަ މީހެއްގެ ޕާސްޕޯޓް ދޫކޮށްލައިފި، ފަޒުލްއާ ފަޒީލް ނުހިމެނޭ

ފުލުހުން މިއަދު ބުނީ އޭގެ ތެރެއިން ނުވަ މީހެއްގެ މައްޗަށް ނެރެފައިވާ ފުރުން މަނާ އަމުރު ބާތިލުކޮށް ޕާސްޕޯޓް ދޫކޮށްލާފައިވާ ކަމަށެވެ.

އިބްރާހިމް ފަޒުލް ރަޝީދާއި މުހައްމަދު ފަޒީލް ރަޝީދު

'ބިންވެރިޔާ' އަދި 'ގެދޮރުވެރިޔާ' ސްކީމްގެ މައްސަލައާ ގުޅިގެން ތަހުގީގު ކުރަމުންދާ މައްސަލައިގައި ޕާސްޕޯޓް ހިފެހެއްޓި ބައެއް މީހުންގެ ޕާސްޕޯޓް ދޫކޮށްލައިފި އެވެ.

ހުޅުމާލެއިން ހައްގު ނޫން ބަޔަކަށް ގޯތިތަކެއް ދިން މައްސަލާގައި ފަށާފައިވާ ތަހުގީގަށް އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަފު ފަޒީލް ރަޝީދު ހިމެނޭހެން މި މައްސަލާގައި ތުހުމަތު ކުރެވޭ 20 މީހެއްގެ ޕާސްޕޯޓް ހިފެހެއްޓި އެވެ.

ފުލުހުން މިއަދު ބުނީ އޭގެ ތެރެއިން ނުވަ މީހެއްގެ މައްޗަށް ނެރެފައިވާ ފުރުން މަނާ އަމުރު ބާތިލުކޮށް ޕާސްޕޯޓް ދޫކޮށްލާފައިވާ ކަމަށެވެ. އެ ފިޔަވަޅު އަޅާފައިވަނީ ޕީޖީއާ މަޝްވަރާކޮށް ޕީޖީގެ ލަފާގެ މަތީން ކަމަށް ވެސް ބުންޏެވެ.

ޕާސްޕޯޓް ދޫކޮށްލި މީހުންގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަފު ފަޒީލް ރަޝީދު ނުހިމެނޭ ކަމަށް ވެސް ބުންޏެވެ.

ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯތި ލިބުނު މީހުންގެ ލިސްޓުގައި ނުހިމެނޭ ފަރާތްތަކަކަށް ގޯތި ދޫކޮށް، ގޯތީގައި އިންފާރު ރޭނުމަށް އެޗްޑީސީން ހުއްދަ ދިން މައްސަލާގައި ވަރުގަދަ ޖިނާއީ ތަހުގީގެއް ވަނީ ފަށާފަ އެވެ. އެ ތަހުގީގު ފެށީ އެ ޖަރީމާ ބަޔަކު ފަޅާ އަރުވާލުމުންނެވެ.

ވަގަށް ގޯތި ހޯދާ އިންފާރު ރޭނި މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ ފަޒީލް ވެސް ހިމެނެ އެވެ.

އެ މައްސަލާ ގައި ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އޭނާގެ ބޭބެ ހުރީ މަގާމުގެ މަސްއޫލިއްޔަތުން ދުރުކޮށް ސަސްޕެންޑް ކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.