އޭގެ ތެރެއިން ހަތަރު ފަރާތަކުން ގުޅުންހުރި ލިޔެކިޔުން ވަނީ ހިއްސާކޮށްފައި ކަމަށް ވެސް ބުންޏެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިހާރު ހިންގަމުން ގެންދާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަހުގީގުގަށް ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ އެއްވެސް މައުލޫމާތެއް ނުވަތަ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްވެސް ލިޔުމެއް އޮތްނަމަ ހިއްސާކޮށް ދިނުމަށް ފުލުހުުން އެދުމާއި ގުޅިގެން މިހާތަަނަށް 16 މީހަކު މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ޚިދުމަތުން މިހާރު ހިންގަމުން ގެންދާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަހުގީގުގަށް ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ އެއްވެސް މައުލޫމާތެއް ނުވަތަ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްވެސް ލިޔުމެއް އޮތްނަމަ ހިއްސާ ކުރުމަށް އެދުނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.
އެ ހިދުމަތުން މިރޭ ބުނީ މިހާރު ހިންގަމުން ގެންދާ، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަހުގީގުގަށް މައުލޫމާތު އެއްކުރުމަށް ގާއިމްކުރި ޕޯޓަލްއަށް މިހާތަނަށް ޖުމުލަ 16 ފަރާތަކުން މައުލޫމާތު ހުށަހަޅާފައިވާ ކަމަށެވެ.
އޭގެ ތެރެއިން ހަތަރު ފަރާތަކުން ގުޅުންހުރި ލިޔެކިޔުން ވަނީ ހިއްސާކޮށްފައި ކަމަށް ވެސް ބުންޏެވެ.
މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް ހުޅުވިފައިވާ ކަމަށް ފުލުުހުން ބުންޏެވެ. އަދި ބުނީ މައުލޫމާތާއި ހެކި ހިއްސާކުރައްވާއިރު އަމިއްލަ މައުލޫމާތު ހާމަނުކޮށް ވެސް ހުށަހެޅި ދާނެ ކަމަށެވެ. ނުވަތަ ތަހުގީގު ކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތުގައި ގުޅޭނެ މައުލޫމާތާއެކުވެސް ހިއްސާ ކުރެވިދާނެ ކަމަށެވެ.
މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅުއްވާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފަ އެވެ.