މެރިން ހަލް އިންޝުއަރެންސަށް ބަދަލު ނަގައި ދިނުން އިތުރު

ކޮވިޑް-19 އަށްފަހު އިންޝުއަރެންސް ސިނާއަތް ދަނީ ކުރިއަރަމުންނެވެ. މިހާރު މުޅި އިންޝުއަރެންސް ސިނާއަތުގެ ޖުމްލަ އެސެޓް ހުރީ 2.4 ބިލިއަން ރުފިޔާގަ އެވެ. މި އިތުރުވުމަކީ 2021 އަހަރާ އަޅާ ކިޔާނަމަ 13 ޕަސެންޓް އަދި އަހަރުން އަހަރަށް އަޅާ ބަލާނަމަ 11 ޕަސެންޓުގެ އިތުރު ވުމެކެވެ.

ކަނޑުމަތީގެ ހާދިސާއެއްގައި ގެއްލުންވި ސަފާރީ އުޅަނދަކަށް ސިފައިން އެހީތެރިވެ ދެނީ: ކަނޑު އުޅަނދު އިންޝުއަރެންސް ބަދަލު ނަގައި ދިނުން އިތުރު -- އެމްއެންޑީއެފް
  •  އިންޝުއަރެންސް ސިނާއަތު ރަނގަޅުވެ، އެސެޓް ދެ ބިލިއަން
  •  ބަދަލު ދިން ޖުމްލަ އުޅެނީ 195 މިލިއަން ރުފިޔާގައި
  •  ބަދަލު މަތިވުމުން ދެވަނަ ކުއާޓަރުގެ ފައިދާ ދަށްވެފައި
  •  ޕްރީމިއަމް 340 މިލިއަނުން މަތީގައި

މިދިޔަ ކްއާޓަރު ދިމާވެފައި ވަނީ މޫސުން ގޯސް ދުވަސްތަކެއް ގުނި ކްއާޓަރަކަށެވެ. އޭގެ ސަބަބުން ކަނޑު އުޅަނދު ފަހަރަށް ލިބޭ ގެއްލުމުގެ ބަދަލު ނަގައިދޭ މެރިން ހަލް އިންޝުއަރެންސްގައި ބަދަލު ނަގައިދިން އަދަދު އިތުރު ވަނީ އިތުރުވެފަ އެވެ.

މަރުކަޒީ ބޭންކުގެ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިޕޯޓެއް ބުނާ ގޮތުގައި އިންޝުއަރެންސަށް ބަދަލު ނަގައި ދިނުން އިތުރުވެފައިވެ އެވެ. އެގޮތުން އިންޝުއަރެންސް ކުންފުނިތަކުން ބަދަލުގެ ގޮތުގައި މދިިއަ ކްއާޓަރުގެ މުއްދަތުގައި 195.3 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ. ކުރިން މި އަދަދު ހުރީ 101.5 މިލިއަން ރުފިޔާގަ އެވެ.

އިންޝުއަރެންސް ނަގާފައިވާ ފަރާތްތަކަށް ބަދަލު ދިނުން އިތުރު ވެފައިވާއިރު، އެންމެ ބޮޑު އިތުރުވުމެއް އައިސްފައި ވަނީ މެރިން ހަލް އިންޝުއަރެންސް އަށެވެ.

ބަދަލު ނަގައިދިން ދާއިރާތައް

  •  މެރިން ހަލް އިންޝުއަރެންސް
  •  ހެލްތު އިންޝުއަރެންސް

އިންޝުއަރެންސަށް ބަދަލު ނަގައި ދިނުން އިތުރުވުމުގެ ނަތީޖާއަކީ މި ކްއާޓަރުގައި އިންޝުއަރެންސް ކުންފުނިތަކުގެ ޖުމްލަ ފައިދާ ދަަށް ވެގެން ދިއުމެވެ. އެހެންވެ ކުންފުނިތަކުގައި މި ކްއާޓަރުގެ ފައިދާ ވަނީ 32 ޕަސެންޓުގެ ދަށްވުމެއް އައިސްފަ އެވެ.

ދޯންޏެއް ބަނޑުން ޖަހާލާފައި: މޫސުމާ ހެދި އިންޝުއަރެންސުގެ ބަދަލު ދިނުން އިތުރުވޭ -- އެމްއެންޑީއެފް

އިންޝުއަރެންސް ސިނާއަތު ކުރިއަށް

ރިޕޯޓުގައިވާ ގޮތުން ކޮވިޑް-19 އަށްފަހު އިންޝުއަރެންސް ސިނާއަތް ދަނީ ކުރިއަރަމުންނެވެ. މިހާރު މުޅި އިންޝުއަރެންސް ސިނާއަތުގެ ޖުމްލަ އެސެޓް ހުރީ 2.4 ބިލިއަން ރުފިޔާގަ އެވެ. މި އިތުރުވުމަކީ 2021 އަހަރާ އަޅާ ކިޔާނަމަ 13 ޕަސެންޓް އަދި އަހަރުން އަހަރަށް އަޅާ ބަލާނަމަ 11 ޕަސެންޓުގެ އިތުރު ވުމެކެވެ. އަދި އިންޝުއަރެންސް ދާއިރާގެ ޖުމްލަ އިންވެސްޓްމަންޓުގެ އަގު ވަނީ ނިމިދިޔަ ކުއާޓަރުގައި 546.3 މިލިއަން ރުފިޔާއިން އިތުރުވެފަ އެވެ.

އިންޝުއަރެންސް ސިނާއަތް އިތުރުވެ ފުޅާވަމުންދާ ކަމުގެ ހެއްކަކީ އިންޝުއަރެންސް ނަގަން ދައްކާ ޕްރިމިއަމް މަތިވަމުން ދިއުމެވެ. މިއީ ދާއިރާގައި ހުރި އުފެއްދުންތަކަށް އާއްމުންގެ ޝައުގުވެރިކަން އިތުރުވާ ކަމުގެ ހެއްކެވެ. ޕްރިމިއަމް ދެއްކި އަދަދު ވަނީ މި އަހަރުގެ ފުރަތަމަ ކްއާޓަރާ ބަލައި އަޅާ ކިޔާނަމަ 11 ޕަސެންޓު އިތުރުވެ، 349.7 މިލިއަން ރުފިޔާ އަށް އަރާފަ އެވެ.

އެންމެ ގިނައިން ޕްރިމިއަމް ދައްކާފައި ވަނީ އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުމަށް ބަދަލު ނަގައިދޭ ފަޔާ އިންޝުއަރެންސް އާއި ހެލްތު އިންޝުއަރެންސް އަދި މެރިން ހަލް އިންޝުއަރެންސް އަށެވެ. ނަމަވެސް އިންޝުއަރެންސަށް ޕްރިމިއަމް ދެއްކި ކްލާސްތަކުގެ ތެރޭން އެންމެ ބޮޑު އަދަދެއް ދައްކާފައި ވަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިންނެވެ.

ރާއްޖޭގައި ފަސް އިންޝުއަރެންސް ކުންފުންޏެއް ހަރަކާތްތެރިވަމުން ދެ އެވެ. މީގެ ތެރެއން އެންމެ ފުޅާކޮށް ރާއްޖޭގައި އިންޝުއަރެންސް ހިދުމަތް ދެނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ އެލައިޑް އިންޝުއަރެންސާއި ދިވެހި އިންޝުއަރެންސް ކުންފުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.