ފޯބްސްގެ ބިލިއަނުންގެ ލިސްޓުގައި ހިމެނޭ ޖޯޖް ޕައުލޯ ލެމަންގެ މިލްކިއްޔާތު 17 ބިލިއަން ޑޮލަރަށްވުރެ މައްޗެވެ.
ކޮންމެ އަހަރެއްގެވެސް އާ އަހަރު ފާހަގަ ކުރަން ދުނިޔޭގެ ގިނަ އަދަދެއްގެ މަހުޖަނުން ރާއްޖެ އާދެ އެވެ. އެމީހުން އައުމުގެ ކުރިން އެމީހުން ޗުއްޓީ ހޭދަކުރާ އުޅަނދުފަހަރު ރާއްޖެ ފޮނުވަ އެވެ. މިހާރު ރާއްޖެއަށް ބަނދަރުކޮށްފައިވަނީ ވެސް އެފަދަ މަތީ ފަންތީގެ ސުޕަ ޔޮޓެކެވެ. މިއީ ބްރެޒިލަށް އުފަން އިންވެސްޓަރު ޖޯޖް ޕައުލޯ ލެމަންގެ މެގްނިފިޝަލް 62 ސީއެކްސްޕްލޯރާ އެވެ.
އިނގިރޭސި ހަބަރުތައް ގެނެސްދޭ ސްޓޭންޑަޑްގައިވާ ގޮތުން ހެލިކޮޕްޓަރު ޖެއްސޭ ގިނަ ހިދުމަތްތަކެއް ހިމެނޭ 62 މީޓަރުގެ މި ސުޕަޔޮޓްގެ ބަނދަރަކީ ރާއްޖޭގައި އޮތް ހަމައެކަނި ސުޕަޔޮޓް ހާބަރު ކްރޮސްރޯޑެވެ.
ލެމަންއަކީ ކޮން ބޭފުޅެއް ؟ - ޖޯޖް ޕައުލޯ ލެމަންއަކީ ބްރެޒިލްގެ ރައްޔިތެކެވެ. ނަމަވެސް މިހާރު ދިރިއުޅެމުންދަނީ ސްވިޒަލޭންޑްގަ އެވެ، ފޯބްސްގެ ބްލިއަނުންގެ ލިސްޓުގައި ހިމެނޭ ލެމަންގެ މިލްކިއްޔާތުގެ އަގު 17 ބިލިއަން ޑޮލަރަށްވުރެ މައްޗެވެ. އޭނާއަކީ އިންވެސްޓެއްގެ އިތުރުން ތަފާތު ގިނަ ވިޔަފާރި ކުރާ މަހުޖަނެކެވެ.
ރާއްޖެ އަށް މިހާރު ބަނދަރުކޮށްފައިވާ ލެމަންގެ ސުޕަޔޮޓްއަކީ ހެލިކޮޕްޓަރު ޖެއްސޭ ހެލިޕޭޑަކާއި ހެލިކޮޕްޓަރެއް ހުރިއިރު މި އުޅަނދުގައި 16 ފަޅުވެރިން މަސައްކަތް ކުރެ އެވެ.
މި އަހަރުގެ އާ އަހަރު ފާހަގަ ކުރަން ދުނިޔޭގެ މަޝްހޫރު އެތައް ބަޔަކު ވަނީ ރާއްޖެ އައިސްފަ އެވެ. މީގެ އިތުރުން އިތުރު ގިނަ ބަޔަކު އަންނަން ދަނީ ތައްޔާރު ވަމުންނެވެ.