މި އަލިފާނުގެ ހާދިސާގެ ސަބަބުން މުޅި އިމާރާތް ވަނީ ބިމާ ހަމަވެފަ އެވެ. އެތަނުގައި ހިންގަމުން ދިޔައީ ހައުސިން، ކޮންސްޓްރަކްޝަން އަދި އެންވަޔަރަމެންޓް މިނިސްޓްރީ އެވެ. މި ހާދިސާ ހިނގުމާއެކު އެ މިނިސްޓްރީތަކުގެ ހުރިހާ މަސައްކަތެއް ވަގުތީ ގޮތުން ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފަ އެވެ. "ތުހުމަތު ކުރެވެނީ ސީދާ ރައީސް މުއިއްޒުގެ އޯޑަަރަށް އެއް ފަހަރާ ތިން މިނިސްޓްރީ އަންދާލީ ކަމަށް،" މޫކޭ ވިދާޅުވި އެވެ.
މ. ގްރީން ބިލްޑިންގުގައި ހިނގި އަލިފާނުގެ ހާދިސާ އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސީދާ އޯޑަރަށް ހިންގި އަމަލެއް ކަމަށް ވިދާޅުވެ އާރުޑީސީގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި މޫސާ އަލީ މަނިކު (މޫކޭ) ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.
ނުރައްކާތެރި އަދި ގެއްލުން ބޮޑު އަލިފާނުގެ މި ހާދިސާ ހިނގީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުން އައި އިމާރާތެއްގައި އަލިފާން ރޯވެ ހިނގި ހާދިސާގެ ތަހުގީގު ފުލުހުންގެ އިދާރާއިން ފަށާފައިވާ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ޓީމު ފުރީ ބޭނުންވާ ހުރިހާ ކަމެއް ދިރާސާކުރުމަށްފަހުގައި ކަމަށް ފުލުހުން ބުނުމާއި ގުޅިގެން މޫކޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެެއީ ރައީސްގެ އޯޑަރަށް ހިންގި އަމަލެއް ކަމަށެވެ.
"ތުހުމަތު ކުރެވެނީ ސީދާ ރައީސް މުއިއްޒުގެ އޯޑަަރަށް އެއް ފަހަރާ ތިން މިނިސްޓްރީ އަންދާލީ ކަމަށް،" ރައީސަށް ވަރަށް ބޮޑު ތުހުމަތެއް ކުރައްވާ އާރުޑީސީގެ ހިޔާނާތާއި ގުޅިގެން ތަހުގީގާ ކުރިމަތިލާން ޖެހިފައިވާ މޫކޭ ވިދާޅުވި އެވެ.
ފުލުހުން މިއަދު ބުނީ އިންޑިއާ އިން އައި ތަހުގީގު ޓީމު ފުރައިގެން ގޮސްފައި ވަނީ ހާދިސާ ހިނގި ތަން ބަލައި، ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ދިރާސާ ކުރުމަށްފަހުގައި ކަމަށެވެ. އަދި ހާދިސާއާ ގުޅޭ ފޮޓޯ، ވީޑިއޯ އަދި ސީސީޓީވީ ފުޓޭޖްގެ އިތުރުން ހާދިސާއާ ގުޅުންހުރި މުހިންމު މައުލޫމާތުތައް އެ ޓީމާއި ފުލުހުންގެ ފަރާތުން ހިއްސާކޮށްފައިވާ ކަމަށެވެ.
"ފޯރުކޮށްދެވުނު މައުލޫމާތުތަކާއި ތަކެތި ދިރާސާކުރުމަށްފަހު، އެ ޓީމުގެ ހޯދުންތައް ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައި،" ފުލުހުން ބުންޏެވެ.
މި އަލިފާނުގެ ހާދިސާގެ ސަބަބުން މުޅި އިމާރާތް ވަނީ ބިމާ ހަމަވެފަ އެވެ. އެތަނުގައި ހިންގަމުން ދިޔައީ ހައުސިން، ކޮންސްޓްރަކްޝަން އަދި އެންވަޔަރަމެންޓް މިނިސްޓްރީ އެވެ. މި ހާދިސާ ހިނގުމާއެކު އެ މިނިސްޓްރީތަކުގެ ހުރިހާ މަސައްކަތެއް ވަގުތީ ގޮތުން ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފަ އެވެ.
މި ހާދިސާގައި މިނިސްޓްރީތަކުގެ ވަރަށް މުހިންމު ލިޔެކިޔުން ވަނީ ގެއްލިގެން ގޮސްފަ އެވެ.