މި މައްސަލައާ ގުޅިގެން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ބުންޏެވެ. އަދި ހަމަނުޖެހުމާއި ގުޅިގެން މައްސަލައިގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
ދިވެހީންގެ މައި ވައިގެ ބަނދަރު -- ވީއައިއޭގައި މިއަދު ހިނގި ހަމަނުޖެހުމަކީ ލަންކާ ބައެއްގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކަކާ ގުޅިގެން ހިނގި ހަމަނުޖެހުމެއް ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު ހިނގި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ ހަމަނުޖެހުން ހިނގާާފައިވަނީ ވޯކް ވިސާ ގައި ރާއްޖޭގައި އުޅޭ ލަންކާ ބައެއްގެ މެދުގައި ކަމަށެވެ. އެ މީހުންގެ މެދުގައި އެ ހަމަނުޖެހުން ހިނގީ އެއާޕޯޓްގެ ޓެކްސީ ޑްރޮޕް ޕޮއިންޓް ކައިރީގަ އެވެ.
މި މައްސަލައާ ގުޅިގެން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ބުންޏެވެ. އަދި ހަމަނުޖެހުމާއި ގުޅިގެން މައްސަލައިގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
އެ މީހުންގެ މެދުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ ސަބަބެއް ސާފެއް ނުވެ އެވެ. ލަންކާގެ ހަތަރު މީހެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގެ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވެ އެވެ. އެތަނުން ބައެއް މީހުން ތިބީ މަސްތުގެ ހާލުގައި ކަމަށް ވެސް ބުނެވެ އެވެ.